logoEN
ކުޅިވަރު

ރޮނާލްޑޯއާއި އެއްބައިވެ ފްރެންޗް ލީގަށްވުރެ ސަޢުދީ ލީގު ވަރުގަދަ ކަމަށް ނޭމާ ބުނެފި

ނޭމާ ވަނީ ރޮނާލްޑޯގެ ވާހަތަށް ދިފާއުކޮށް ވާހަކަ ދައްކާފައި. ފޮޓޯ: ނޭމާ ޖޫނިއަރ

ނޭމާ ވަނީ ރޮނާލްޑޯގެ ވާހަތަށް ދިފާއުކޮށް ވާހަކަ ދައްކާފައި. ފޮޓޯ: ނޭމާ ޖޫނިއަރ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

08 ޖެނުއަރީ 2025 - 04:25

މީގެ ދުވަސްކޮޅެއް ކުރިން ގްލޯބަލް ސޮކަރ އެވޯޑްސް ގައި ރޮނާލްޑޯ ފްރެންޗް ލީގަށް ވުރެ ސަޢޫދީ ލީގު މިހާރު މާވަރުގަދަކަމަށް ބުނިވާހަކަ ނޭމާ ދިފާޢުކޮށްފިއެވެ. ފްރާންސްގެ ޕީ.އެސް.ޖީއަށް 6 އަހަރުދުވަހު ކުޅުނު ބްރެޒިލްގެ ނޭމާ ވަނީ މިވާހަކަތަށް ދިފާޢުކޮށް މީޑިޔާ އާއި ވާހަކަ ދައްކާފައެވެ.

އެގޮތުން ސަޢޫދީގެ އަލް-ހިލާލް އަށް ކުޅެމުންގެންދާ ނޭމާ ބުނެފައިވަނީ

"ރޮނާލްޑޯ ދެއްކިވާހަތަކަށް އަހަރެން އެއްބަސްވަން، އަހަންނަށް ޤަބޫލުކުރެވޭ ފްރާންސް ލީގަށްވުރެ ސަޢުދީ ލީގު މިހާރު މާވަރުގަދަކަމަށް، ސަޢޫދީ ލީގުގެ ފެންވަރު ދުވަހެއް ދުވަހަކަށް އަންނަނީ ރަނގަޅުވަމުން، ކުޅުންތެރިންގެ ފެންވަރުވެސް އަންނަނީ ރަނގަޅުވަމުން، ނަމަވެސް ފްރެންޗު ލީގުވެސް މިހާރު ފުދޭވަރަކަށް ރަނގަޅު"

ސީ.އެން.އެން އަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުނެފައިވެއެވެ.

ސަޢޫދީ ލީގުން ވަނީ ވޭތުވެ ދިޔަ 5 ވަރަކަށް އަހަރުތެރޭގައި އެޤައުމުގެ ފުޓްބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލީގު ވަރުގަދަކޮށް ވާދަވެރިކަން އިތުރުކުރުމަށް ޔޫރަޕުގެ ގިނަ މަޝްހޫރު ކުޅުންތެރިންތަކެއް މިހާރު އަންނަނީ ސަޢޫދީގައި ކުޅެމުންނެވެ. ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯ އާއި ނޭމާ އާއި ބެންޒެމާއާއި ކާންޓޭ ފަދަ މަޝްހޫރު އެތައް ކުޅުންތެރިންނެއް މިހާރު އަންނަނީ ސަޢޫދީ ލީގުގައި ކުޅެމުންނެވެ.

ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގެ ތެރެއިން ސަޢޫދީއިން ވަނީ 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރުމުގެ ބިޑުވެސް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

871x217_placeholder