logoEN
ކުޅިވަރު

އަހަރެމެން ނޭމާ ބޭނުމެއް ނޫން. ޕަލްމެއިރާސް ގެ ރައީސް

އަނިޔާގެ ސަބަބުން ނޭމާގެ ކެރިއަރަށް ވަނީ ހިޔަނި އެޅިފައި. ފޮޓޯ: ނޭމާ ޖޫނިއަރ

އަނިޔާގެ ސަބަބުން ނޭމާގެ ކެރިއަރަށް ވަނީ ހިޔަނި އެޅިފައި. ފޮޓޯ: ނޭމާ ޖޫނިއަރ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

17 ނޮވެމްބަރު 2024 - 12:49

ބްރެޒިލްގެ ސުޕަސްޓަރ ނޭމާ ޖޫނިޔާ ބްރެޒިލްގެ ޗެންޕިއަން ޓީމް ޕަލްމެއިރާސް އަށް ނުގެންނާނެކަމަށް އެކުލަބުގެ ރައީސް ހާމަ ކޮށްފިއެވެ. އަނިޔާގެ ސަބަބުން ކުޅުމާދުރުގައި އަހަރެއްހާދުވަހު ހުރުމަށްފަހު އެނބުރި ދަނޑަށް ނިކުތް ދެވަނަ ދުވަހު އަނިޔާވެގެން އަނެއްކާވެސް ނޭމާ ހުރީ ކުޅުމާ ދުރުގައެވެ.

އަނިޔާގެ މައްސަލަތަކާ ނޭމާ ކުރިމަތިލާން ޖެހުނީ ޕީ.އެސް.ޖީ ގައި އޭނާ ހޭދަކުރި އެންމެ ފަހު ސީޒަނުގައެވެ. އެގޮތުން އޭނާއަށް ވަނީ ފުޓްބޯޅަ ކުޅުންތެރިންނަށް ދިމާވާ އެންމެ ސީރިއަސް އަނިޔާ ކަމަށްވާ އޭ.ސީ.އެލް އިންޖަރީ ވެފައެއެވެ. އެހެންކަމުން ޕީ.އެސް.ޖީ އިންވެސް ވަނީ އޭނާ ދޫކޮށްލާފައެވެ.

މިދިޔަ ސީޒަނުގައި ސަޢޫދީގެ އަލް ހިލާލް އާ ގުޅުނު ނޭމާ އަނިޔާގެ ސަބަބުން ވޭތުވެ ދިޔަ އެއް އަހަރު ތެރޭގައި ކުޅެވިފައިވަނީ އެންމެ 7 މެޗެވެ. އަދި މި މުއްދަތުގެ ތެރޭގައި ބްރެޒިލްގެ ޤައުމީ ޓީމަށް މެޗެއް ކުޅެވިފައެއް ނުވެއެވެ. އަދި އޭނާއަށް ލިބިފައިވާ އަނިޔާ ތަކާއި ގުޅިގެން އޭނާގެ އަސްލު ފޯމަށް އެނބުރި އާދެވޭނެކަމާމެދު ޓީމުތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

2025 ގެ ޖުލައިގައި ކޮންޓްރެކްޓް ހަމަވާ ނޭމާ އަށް ލިބިފައިވާ އަނިޔާ ތަކާއި ގުޅިގެން މި ޖެނުއަރީ ޓްރާންސްފަރ މާކެޓްގައި އަލް ހިލާލް ދޫކޮށް ބްރެޒިލް ލީގަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އަންނައިރު ނޭމާ ބްރެޒިލްގެ ޤައުމީ ޓީމުން ޖާގަ ހޯދަން ބޭނުންނަމަ ބްރެޒިލްގެ ޓީމަކަށް ކުޅޭނަމަ ކުޅުން އެންމެ ގާތީ ޕަލްމެއިރާސް އެވެ. އެހެން ނަމަވެސް އެ ކުލަބުގެ ރައީސް ނޭމާ ނުގެންނާނެކަން ހާމަކޮށްފައިވާ މި ދަނޑިވަޅުގައި ނޭމާ ދިޔުން ދެން އެންމެ ގާތީ އޭނާގެ ކެރިއަރު ފެށި ޓީމުކަމަށްވާ ބްރެޒިލްގެ ސަންޓޯސް އަށެވެ.

ކޮމެންޓް

871x217_placeholder