ވެމްކޯގެ ހިދުމަތް ނުލިބޭ ހުރިހާ ރަށަކަށް އަވަސް ތާރީހެއްގައި އެ ހިދުމަތް ފޯރުކޮށްދޭނަން: ޝަރީފު
19 އޮކްޓޯބަރު 2026 - 05:35

ވެމްކޯގެ ހިދުމަތް ނުލިބޭ ހުރިހާ ރަށަކަށް އަވަސް ތާރީހެއްގައި އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު އަލީ ޝަރީފު ވިދާޅުވެއްޖެ އެވެ.
ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަރީފު ވިދާޅުވީ ވެމްކޯގެ ހިދުމަތް ނުލިބޭ ރަށްރަށް އެބަހުރި ކަމަށާއި ހިދުމަތް ނުލިބޭ ރަށްރަށަށް ހިދުމަތް ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ ވިސްނުމެއް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މިނިސްޓަރު ޝަރީފު ވިދާޅުވީ މިއަހަރުތެރޭގައި ވެމްކޯގެ ހިދުމަތް ނުލިބޭ ރަށްރަށަށް ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރި ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ވެމްކޯގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދީ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުނި ނައްތާލުމުގެ ދާއިމީ ނިޒާމެއް ގާއިމުކުރުމެވެ. މި މަސައްކަތުގެ ދަށުން ކުނި ނެގުމަށް ވަސީލަތްތައް ރަށްތަކަށް ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.

-01.jpg&w=3840&q=75)
