logo
MPL

MPL

ޚަބަރު

ވިލުފުށީގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އައިޝަތު އިނާޝާ
7 އޯގަސްޓު 2026 - 14:21
ވިލުފުށީގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފް، ތ. ވިލުފުށީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ވިލުފުށީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ އިތުރުން ހަކަތައިގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ތަރައްޤީކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ވިލުފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ތިމާވެއްޓާއި ހަކަތައާ ގުޅުންހުރި ދަތިތައް ހައްލުކޮށްދެއްވުމަށް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.

މި ބައްދަލުވުމުގައި ވިލުފުށީ ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ފެނުގެ ނިޒާމަށާއި ނަރުދަމާގެ ޚިދުމަތަށް ދިމާވެފައިވާ ގޮންޖެހުންތައް މިނިސްޓަރާ ހިއްސާކުރައްވާފައެވެ. އަދި ރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުން ނިންމާލާފައިވަނީ ވިލުފުށީގެ އަސާސީ އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމަށްޓަކައި މިނިސްޓްރީއާއި ކައުންސިލް ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމާ އެކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެޔޮ ބޭނުންކުރުން ހުއްޓާލުމުގެ ނަމުގައި އަނދިރީގައި ތިބެން ރާއްޖެއިން ބޭނުމެއް ނޫން: އަލީ ޝަރީފްޚަބަރު | 37 މިނިޓު ކުރިންވެމްކޯގެ ހިދުމަތް ނުލިބޭ ހުރިހާ ރަށަކަށް އަވަސް ތާރީހެއްގައި އެ ހިދުމަތް ފޯރުކޮށްދޭނަން: ޝަރީފުޚަބަރު | މަހެއް ކުރިންވިލުން ވެށި ޕްރޮގްރާމްގައިދޭ ގްރާންޓް އިތުރުކޮށް ކުންފުނިތަކަށް ހުޅުވާލަނީޚަބަރު | 2 މަސް ކުރިންވިލުފުށީގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 3 މަސް ކުރިން