logo
Bank of Maldives

Bank of Maldives

ޚަބަރު

ވިލުން ފެށި ޕްރޮގްރާމްގައިދޭ ގްރާންޓް އިތުރުކޮށް ކުންފުނިތަކަށް ހުޅުވާލަނީ

އަޙުމަދު ރިޝާން
24 ސެޕްޓެމްބަރު 2026 - 06:57
ވިލުން ފެށި ޕްރޮގްރާމްގައިދޭ ގްރާންޓް އިތުރުކޮށް ކުންފުނިތަކަށް ހުޅުވާލަނީ

 "ވިލުންވެށި ޕްރޮގްރާމް" ފުޅާކޮށް، ކުންފުނިތަކަށް ފުރުޞަތު ހުޅުވާލަން ނިންމާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ ވިލުންވެށި ގްރާންޓް ޕްރޮގްރާމަށް ލިބެމުންދާ ތަރުޚީބު ބޮޑުކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުންފުނިތަކަށް ފުރުސަތު ހުޅުވާލާނީ އެ ފަރާތްތަކަށް ލިބޭ މާލީ އެހީގެ އަދަދު އިތުރުކުރުމަށްފަހު ކަމަށާއި، މިހާރު މި ޕްރޮގްރާމްގެ ދަށުން ހޮވޭ ފަރާތްތަކަށް 100,000 ރުފިޔާއާ ހަމައަށް މާލީ އެހީ ލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އީޖާބީ ޕްރޮޖެކްޓުތަކަށް މިފަދަ ފުރުޞަތުތައް ހުޅުވާލުމުގެ މައިގަނޑު ސަބަބަކީ، ވަރަށް ގިނަ ސްޓާޓްއަޕްތަކަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބިގެން ނޫނީ މުޖުތަމަޢުއަށް ނުނުކުމެވުމެވެ.

 މިދިޔަ ޖޫން މަހު އިޢުލާންކުރި މި ޕްރޮގްރާމަށް ލިބުނު ޕްރޮޕޯޒަލްތަކުގެ ތެރެއިން 150 ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަރުހަލާ ނިމުމުން އެންމެ ޤާބިލް 50 ފަރާތެއް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އިޢުލާންކުރާނެއެވެ. މި އިވަލުއޭޝަން ކުރިއަށްދަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އެސްއެމްއީ ބޭންކާ ގުޅިގެންނެވެ. މި މަސައްކަތުގައި އެސްއެމްއީ ބޭންކު ބައިވެރިކުރަނީ ރާއްޖޭގެ ބޭންކުތައް ގްރީން ކްލައިމެޓް ފަންޑުގެ އެކްރެޑިޓް ޚިދުމަތަކަށް ހެދުމަށް މަސައްކަތް ބޭންކުތަކުގައި ހުންނަންޖެހޭ ޚާއްޞަ މިންގަނޑުތަކެއް ޤާއިމުކުރުމުގެ ބޭނުމުގައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

 ވިލުންވެށި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމާއި، ތިމާވެއްޓާ ރައްޓެހި އުސޫލުތަކުން ކާނާގެ ޔަޤީންކަން ކަށަވަރުކުރުމެވެ. މީގެއިތުރުން، އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަކީވެސް މި މަޝްރޫޢުގެ މުހިންމު އަމާޒެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލުން ފެށި ޕްރޮގްރާމްގައިދޭ ގްރާންޓް އިތުރުކޮށް ކުންފުނިތަކަށް ހުޅުވާލަނީޚަބަރު | ގަޑިއިރެއް ކުރިންވިލުފުށީގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިން