logoEN
ޚަބަރު

މާލެ އާ ދުރު އަތޮޅުތަކަށް ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސް ކުޑަކުރަނީ

މިނިސްޓަރ ފައިސަލް

މިނިސްޓަރ ފައިސަލް

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް

23 އޮކްޓޯބަރު 2024 - 06:10

މާލެ އާ ދުރު އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާ ކުރުމަށް އެ ސަރަހައްދުތަކުން ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އާއި ބިމު ކުލި ކުޑަ ކުރަންޖެހޭ ކަމަށާއި، އެކަން ކުރުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު، އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރް މިހެންވިދާޅުވީ މަޖިލީހަށް ހާޒިރުކޮށް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަދި މި ލުއިތައް ފަހިކޮށްދިނުމަށް ޓަކައި ޤާނޫނީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި، އޭގެ ބޭނުމަކީ ޓުވަރިސްޓުންނަށް މަދުން ޒިޔާރާތް ކުރެވޭ ސަރަޙައްދުތަކުގައި އިންވެސްޓްކުރުމަށް ބާރުއެޅުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"މި ސަރުކާރުގެ އަދި ޓޫރިޒަމް މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ވިސްނުން ހުރީ ދިވެހިރާއްޖޭގެ ޓޫރިޒަމް ނެތް ތަންތަނަށް ޓުރިޒަމް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން އެ ތަންތަނަށް ބޮޑެތި ލުއިތަކެއް އިންވެސްޓު ކުރާ ފަރާތްތަކަށް ދިނުން، އެގޮތުން އަޅުގަނޑު ގަބޫލު ކުރަނީ އެ ތަންތަނުގެ އިކުއިޒިޝަން ކޯސްޓު ވެސް ކުޑަވެގެން ދާން ޖެހޭނެ ކަމަށް އަދި ލޭންޑް ރެންޓު ވެސް ކުޑަ ވެގެން ދާން ޖެހޭނެ ކަމަށް، އެކަމުގެ މަޝްވަރާގައި، އަދި ޓެކްސްގެ ތެރެއިން ވެސް ލުއިތަކެއް ލިބިގެން ދާން ޖެހޭނެ ކަމަށް،"

ފައިސަލް ވިދާޅުވި އެވެ.

މާލެ އާ ދުރު އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާ ނުވެ އޮތުމުން އެ ސަރަހައްދުތަކުގެ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ އެ ސަރަހައްދުތަކުގައި އިންވެސްޓު ކުރާ ފަރާތްތަކަށް އެ ލުއިތައް ލިބިގެން ނޫނީ އެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

ކޮމެންޓް

871x217_placeholder