logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގެމަނަފުއްޓަށް

އަޙުމަދު ރަމީޒު
22 އޮކްޓޯބަރު 2026 - 05:11
ގއ. ގެމަނަފުށި
ގއ. ގެމަނަފުށި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ފާއިތުވި 24 ގަޑިއިރު ވެހުނު ވާރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ގއ. ގެމަނަފުއްޓަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކޮށްފި އެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ގެމަނަފުއްޓަށް 101.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

ގެމަނަފުއްޓަށްފަހު ދެންމެ އެންމެ ގިނައިން ވާރޭވެހުނީ މާލެ އާއި ހުޅުލެ އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު ރަށްތައް

  • ގެމަނަފުށި - 101.8 މިލިމީޓަރު
  • ހުޅުލެ - 90.3 މިލިމީޓަރު
  • މާލެ - 90 މިލިމީޓަރު
  • އދ. މަހިބަދޫ - 81.6 މިލިމީޓަރު
  • ގދ. ތިނަދޫ - 84.1 މިލިމީޓަރު
  • ގދ. ކާޑެއްދޫ - 80.6 މިލިމީޓަރު
  • އދ. މާމިގިލި - 60.5 މިލިމީޓަރު
  • ހުޅުމާލެ - 60 މިލިމީޓަރު

ރާއްޖޭގެ މޫސުން މިއަދަށް ލަފާކުރާ ގޮތާއި ގުޅޭ ގޮތުން މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގެމަނަފުއްޓަށްޚަބަރު | ގަޑިއިރެއް ކުރިންމޫސުމާބެހޭ ގައުމީ އިދާރާއެއް މާފަރުގައި އަޅަނީ ޚަބަރު | 2 އަހަރު ކުރިން