logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ޕާކިސްތާނާއެކު ގުޅުން ބަދަހިކުރުމުން އިޤްތިޞާދާއި ފަތުރުވެރިކަން ކުރިއަރާނެ: އަބްދުއްރަހީމް

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
22 އޮކްޓޯބަރު 2026 - 06:37
 ޕާކިސްތާނާއެކު ގުޅުން ބަދަހިކުރުމުން އިޤްތިޞާދާއި ފަތުރުވެރިކަން ކުރިއަރާނެ: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން ހަރުދަނާވެގެންދާނެ ކަމަށާއި، މީގެ ސަބަބުން ދިވެހިންގެ ފަތުރުވެރިކަމުގެ ދާއިރާއަށް އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫއު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުން ރާއްޖޭގައި ކުރާ އިގްތިސާދީ އިންވެސްޓްމަންޓްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ނިންމާފައިވާ ނިންމެވުމާއެކު، ދިވެހިންގެ ފަތުރުވެރިކަމުގެ ދާއިރާއަށް އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ގުޅުންތައް ބަދަހިކުރުމަށާއި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އަމާޒުކޮށް ޖުމްލަ 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ޑެޕިއުޓީ މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އިސްލާމިކް ބޭންކިންގ، ޑިޖިޓަލް ތަރައްގީ އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ޕާކިސްތާނަށް ލިބިފައިވާ ތަޖުރިބާގެ ބޭނުން ހިފައި، ރާއްޖޭގެ އިޤްތިޞާދު ޒަމާނީ ކުރުމަށާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ބޭނުންވާ އެހީތެރިކަން ޕާކިސްތާނުގެ ފަރާތުން ލިބިގެންދާނެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ޕާކިސްތާނަށް ފައިދާ ކުރާނެ ފުރުސަތުތައް އެބައޮތް ކަމަށާއި، އަދި ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން ހަރުދަނާވުމުން، ޕާކިސްތާނުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުވެ، ޔޫރަޕްގެ މާކެޓްތަކަށްވެސް ވާސިލުވުމަށް ފަސޭހަ މަގުތަކެއް ފަހިވެގެންދާނެ ކަމަށްވެސް ލަފާކުރެވޭކަމަށެވެ.

މީގެ އިތުރުން ހަލާލް ޓޫރިޒަމްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، އާއިލާތަކާއެކު ދަތުރުކުރާ ޕާކިސްތާނުގެ ފަތުރުވެރިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އާމްދަނީ އިތުރުކުރުމުގެ ފުރުޞަތު ބޮޑުކަން ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޑެޕިއުޓީ މިނިސްޓަރު އިތުރަށް ވިދާޅުވީ، ޕާކިސްތާނާއެކު އޮންނަ ގުޅުން ބަދަހިވުމަކީ މަސްތުވާތަކެތީގެ މައްސަލަ ފަދަ އިޖުތިމާއީ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ފަންނީ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމެއް ކަމަށެވެ.

އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ދިވެހިންނަށް އިޤްތިޞާދީ މަންފާ ހޯދައިދިނުމަށް އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށާއި، ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުން ހޯދުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށްވެސް ވިދާޅުވިއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނާއެކު ގުޅުން ބަދަހިކުރުމުން އިޤްތިޞާދާއި ފަތުރުވެރިކަން ކުރިއަރާނެ: އަބްދުއްރަހީމްޚަބަރު | 4 ގަޑިއިރު ކުރިންކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުޚަބަރު | ދުވަހެއް ކުރިންރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފިޚަބަރު | 2 ދުވަސް ކުރިންޕާކިސްތާނުގެ ބަލޯޗިސްތާނަށް ދިން ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފިޚަބަރު | 9 މަސް ކުރިން