އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ 22 ރަށެއްގެ އެއްބަސްވުން ބާތިލް ކުރަނީ


23 އޮކްޓޯބަރު 2024 - 10:12
ދަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ 22 ރަށެއް ފާހަގަ ކުރެވިފައިވާ ކަމަށާއި، އެ ރަށްތަކުން ދަޢުލަތަށް ގިނަ އަދަދެއްގެ ފައިސާވެސް ދައްކަން ހުރި ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާޙިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިފަދައިން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާއަށް ހާޟިރުވެ މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބު ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމާ ގުޅޭ ޤާނޫނަށް އިސްލާޙު ގެނެސް، މިހާރު ނުހެދިފައިހުރި ރަށްތައްވެސް ވީހާވެސް އަވަހަށް ހެދޭނެ ގޮތްވުން ކަމަށާއި، ބަންޑާރަ ނައިބުގެ ލަފާގެ މަތިން އެ މަސައްކަތް މިހާރުވެސް ފަށާފައިވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ފަތުރުވެރިކަމަށް ދޫކޮށް އަދިވެސް ނުހުޅުވި 20 އަހަރު ނުވަތަ 30 އަހަރުވެފައިވާ ރަށްރަށް އެބަހުއްޓެވެ.
މީގެ އިތުރުން، އެކި ސަބަބުތަކާ ހެދި، ފަތުރުވެރިކަމަށް ނުނެރެވި ހުރި ރަށްތަކުގެ ޢަދަދު 58 އަރައެވެ.
ސަރުކާރުން މަސައްކަތްކުރަމުންދަނީ ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކޮށް މި ސިނާއަތުން ލިބޭ ނަފާ އިތުރުކުރުމެވެ.
އެގޮތުން ފަތުރުވެރިކަމަށް އިތުރު ރަށްތައް ނެރެ، ފަތުރުވެރިކަމަށް ބޭރުގެ އިންވެސްޓަރުން ގެނައުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އިތުރު ލިޔުންތައް

ލ. އަތޮޅު އެއާޕޯޓް އިންޓަނޭޝަނަލް ކުރެވޭއިރު ގެސްޓް ހައުސްގެ ބެޑް ކެޕޭސިޓީ އިތުރުކުރަންޖެހޭ: ފައިސަލް
6 މަސް ކުރިން
އަމާޒަކީ މި ދައުރު ނިމޭއިރު އަހަރަކު ހަތަރު މިލިއަން ޓޫރިސްޓުން ގެނައުން: ފައިސަލް
6 މަސް ކުރިން
ލޯކަލް ޓުއަރިޒަމަށް އޮތް ގޮންޖެހުމަކީ ކުޑަ އިންޓްރެސްޓްގައި ލޯނު ނުލިބުން - ފައިސަލް
6 މަސް ކުރިން