logo
MPL

MPL

ޚަބަރު

އިޤްތިޞާދުގެ އެންމެ އިސް ދައުރެއް އަދާކުރާނީ އުފެއްދުންތެރި ރައްޔިތުން: ސަޢީދު

އައިޝަތު ނަޝާއައިޝަތު ނަޝާ
25 އޮކްޓޯބަރު 2026 - 06:20
އިޤްތިޞާދުގެ އެންމެ އިސް ދައުރެއް އަދާކުރާނީ އުފެއްދުންތެރި ރައްޔިތުން: ސަޢީދު

ރާއްޖޭގެ އިޤުތިޞާދުގެ އެންމެ އިސް ދައުރެއް އަދާކުރާނީ ރާއްޖޭގެ އުފެއްދުންތެރި ރައްޔިތުން ކަމަށް އިޤްތިސާދީ ތަރައްޤީއާ ވިޔަފާރީ އާ ބެހޭ ވަޒީރު އަހްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަލަށް ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކާއި، ބިނާކުރަނިވި ޚިޔާލުތައް ކޮންމެވެސް ކަހަލަ ނަފާވެރި ކަމަކަށް ބަދަލުކުރަން ބޭނުންވާނެ ޒުވާނުންނަށްޓަކައި ރައީސް ކުރެއްސެވި ތަޞައްވުރަކީ 2030 ވަނަ އަހަރަށް ދާއިރު މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ، ކްރިއޭޓިވް އިންޑަސްޓްރީން ލިބޭ މިންވަރަށް އެ ސިނާޢަތް ފުޅާކުރެއްވުން ކަމަށެވެ.

ސައީދު ވިދާޅުވީ މީގެ ކުރިން ދުވަހަކުވެސް ނުބޭއްވޭ ވަރުގެ ފުރިހަމަ، ބޮޑު ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒެއް މި އަހަރު ބޭއްވިގެންދާނެ ކަމަށާއި، އެ މަޢުރަޒު މިރޭ ހުޅުވިގެންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މަޢުރަޒުގައި 2،467 ޕްރޮޑަކްޓް ބައިވެރިކުރިއިރު، މި އަހަރު 4،400 ޕްރޮޑަކްޓް ވަނީ ބައިވެރިކޮށްފައެވެ. އަދި މި ޕްރޮޑަކްޓްތައް ބައިވެރިކުރުމުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ މަޢުރަޒުގައި 240 މީހުން ބައިވެރިވިއިރު، މި އަހަރު އެ ޢަދަދު ވަނީ 600 ފަރާތަކަށް އިތުރުވެފައެވެ.

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފަސް ޑިސްޓްރިކްޓަކަށް ބެހިގެން މިދިޔަ އަހަރު މި އެކްސްޕޯ ކުރިއަށްދިޔައިރު، މި އަހަރު އެ އަދަދު ވަނީ ހަތް ޑިސްޓްރިކްޓަކަށް އިތުރުކޮށްފަ އެވެ.

މީގެތެރޭގައި މި ފަހަރު "ވިޒިޓަރ އިކޮނޮމީ" ޑިސްޓްރިކްޓަކާއި "އިންޓަރނޭޝަނަލް ޑިސްޓްރިކްޓް" ވަނީ ޤާއިމްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޤްތިޞާދުގެ އެންމެ އިސް ދައުރެއް އަދާކުރާނީ އުފެއްދުންތެރި ރައްޔިތުން: ސަޢީދުޚަބަރު | 34 މިނިޓު ކުރިންއުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތައް ހޮވައިފިޚަބަރު | 12 ގަޑިއިރު ކުރިންއިންވެސްޓަރުންނަށް ބިރުދެއްކުން ހުއްޓާލަންޖެހޭ: ސައީދުޚަބަރު | 8 ދުވަސް ކުރިންވަޢުދުތައް ފޮތަކަށް އެއްކުރައްވައި ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ މުޢިއްޒު: ވަޒީރު ސަޢީދުޚަބަރު | 18 ދުވަސް ކުރިން