ހަންކެޑެ ޕްރޮޖެކްޓް ޗައިނާގެ ކުންފުންޏަކާއި ހަވާލުކުރުމުގެ މަސައްކަތް އެބަހިނގާ: ފައިސަލް


23 އޮކްޓޯބަރު 2024 - 13:52
އައްޑޫ ސިޓީގެ ހަންކެޑެ ގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ (އައިބީ) ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރު ރައީސުލްޖުމްހޫރިއްޔާ އައްޑޫއަށް ވަޑައިގެން ވެވަޑައިގެން އެންމެ މުހިންމު އެއް ވަޢުދުފުޅަކީ އެ ސިޓީގައި ޓޫރިޒަމް ތަރައްޤީ ކުރުން ކަމަށެވެ.
މިނިސްޓަރު ކަމާއި ހަވާލުވިފަހުން ހަތަރު ފަހަރު މިނިސްޓަރު ފައިސަލް ވެސް އައްޑޫ އަށް ވަޑައިގެންފައިވާ ކަމަށާއި، އެ ސިޓީގައި ޓޫރިޒަމް ތަރައްޤީކުރުމަށް ބޭނުންވާކަންކަން ދެނެގަނެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''އެގޮތުން އިއްޒަތްތެރި މެންބަރު ތި ކުރެއްވި ސުވާލުގެ ޖަވާބުގައި ވޭތު ވެދިޔަ ސަރުކާރުން ހަންކެޑެ މަޝްރޫޢުއަކީ އެމް.އެފް.އެމް.ސީ އާ ހަވާލުކުރެވިފައި އޮތް ޕްރޮޖެކްޓެއް. އަޅުގަނޑުމެން އެ ކުންފުނީގެ އެމްޑީއާ އަޅުގަނޑު ވާހަކަދައްކަ އި މަޝްވަރާކޮށް ބެލިން ކޮބައިތޯ އަޅުގަނޑުމެން ހަވާލުވިއިރުގައި އެ ތަނުގެ ސްޓޭޓަސްއަކީ އިނގޭތޯ، ފަންޑު ހަމަޖެހިފައި ކަމަށް އާންމު ރައްޔިތުން ތެރޭގައި ވާހަކަދެކެވެނ.ީ ދެންމެ ހަމަ އިއްޒަތްތެރި މެންބަރު ވެސް އެކަން ސާފުކުރެއްވުމަށް ތި ސުވާލުކުރެއްވީ، އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރަކު އެ ތަނުގައި ސޮއިނުކުރެވި އޮތީ، އެކަމުގެ ނެގޯސިއޭޝަން ކުރިއަށްދަނީ ޗައިނާ ޕާޓީއަކާއެކީގައ.ި'' މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ޕްރޮޖެކްޓްގައި ސޮއި ނުކުރެވި އޮތީ އިންޓެރެސްޓް ރޭޓާމެދު އަދި ގޮތެއް ނުނިންމިގެންކަމަށް މައުލޫމާތު ލިބިފައިިވާ ކަމަށެވެ.
''އެހެންނަމަވެސް، މި ވަގުތު އެ ކުންފުނީގެ އެމްޑީ ޗައިނާގެ ކުންފުންޏާ އެކީގައި ވަރަށް ގާތުން މަސައްކަތްކުރަމުންދަނ.ީ އަދި އަޅުގަނޑު ވަކިން އިއްޒަތްތެރި މެންބަރަށް މާދަމާގެ ވަގުތެއްގައި އެކަމުގެ އެންމެފަހުގެ މަޢުލޫމާތު ހޯދާފައި ޓޫރިޒަމް މިނިސްޓްރީން ހިއްސާކުރާނެ ވާހަކަ ދަންނަވަން'' ފައިސަލް ވިދާޅުވެފަވެއެވެ.
އިތުރު ލިޔުންތައް
މަޖިލީހުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން - މަޖިލިސް ރައީސް
8 މަސް ކުރިން
ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އިންޑިއާގައި ބޭއްވުނު ރޯޑްޝޯ ކާމިޔާބު
8 މަސް ކުރިން
ހައިދަރުގެ ޖަވާބުތަކާމެދު ހިތްހަމަނުޖެހި މަޖިލިސް ޖަލްސާ ހުއްޓުވާލައިފި
8 މަސް ކުރިން