logo
MPL

MPL

ޚަބަރު

ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓު 1200 އަށް ބޮޑުކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
23 އޮކްޓޯބަރު 2024 - 15:41
ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓު 1200 އަށް ބޮޑުކޮށްފި

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ މަހަކު ނެގޭ ޑޮލަރު ލިމިޓު، 1200 އަށް ބޮޑުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިިފިއެވެ.

ބީއެމްއެލް އިން އެ ބަދަލު ގެނައުމަށް ނިންމާފައިވަނީ މި އަންނަ މަހުގެ އެކަކުން ފެށިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ބޭންކް އިން ނެރުނު ބަޔާނެއްގައި، އެ ބޭންކުގެ ފުރަތަމަ ދިވެހި ސީއީއޯ މުޙައްމަދު ޝަރީފުް ވިދާޅުވީ، ރާއްޖެއަށް ޑޮލަރުގެ ތާށިކަން ދިމާވެފައިވާ މި ދުވަސްވަރެއް ނަމަވެސް، ބޭރުގެ ކިޔަވާ ދަރިވަރުންނަށް ވެސް ދިމާވާ ދަތިތައް ބޭންކަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ބޭންކުގެ އެ ނިންމުމަކީ، ބޭރުގައި ކިޔަވާ ދަރިވަރުންނާ މެދު ބޭންކުން ވިސްނައި، އިސްކަންދޭ ކަން ހާމަކޮށްދޭ ކަމެއް ކަމުގައި ވެސް ޝަރީފް ވިދާޅުވިއެވެ.

View post on Twitter

 

އޭގެ އިތުރަށް، އެ ބަޔާނުގައި ބޭންކުން ވަނީ، ޑޮލަރުގެ ޙާލަތަށް ރިއާޔަތްކޮށް ބަދަލެއް ގެނެވޭނެ ނަމަ، އެ ބަދަލެއް ހިއްސާކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ބީއެމްއެލް އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ނެގޭ ޑޮލަރު ލިމިޓު 1200 އަށް ބޮޑުކުރި އިރު، އެކަމަކީ މިދިޔަ ޑިސެމްބަރު ކުރާނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވާ ކަމެކެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގެ އެ ނިންމެވުން އޭރު އިއުލާންކުރެއްވީ، އޭރުގެ  ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަދި މިހާރުގެ ސިއްޚީ ވަޒީރު އަބްދުﷲ ނާޒިމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

25,000ރ. ގެ އިނާމާއެކު ބީއެމްއެލްގެ "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަން ފަށައިފިވިޔަފާރި | 5 ދުވަސް ކުރިންއެސްއެމްއީތަކަށް ޑޮލަރުން ފައިސާ ލިބޭ ބީއެމްއެލް ޕޭމަންޓް ގޭޓްވޭއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިވިޔަފާރި | 5 ދުވަސް ކުރިންޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިވިޔަފާރި | 5 ދުވަސް ކުރިންޑޮލަރުގެ އާމްދަނީ 28ގެ ކުރިން މާރުކުރަން އަންގައިފިވިޔަފާރި | 11 ދުވަސް ކުރިން