logo
MPL

MPL

ޚަބަރު

ބޮޑު އާމްދަނީ ލިބޭ މީހުން އާސަންދައަށް ދައްކަން ޖެހޭ ކޯޕޭމަންޓަކީ 15 އިންސައްތަ ކަމަށް ކަނޑައަޅައިފި

އަޙުމަދު ރިޝާން
1 ނޮވެމްބަރު 2026 - 04:42
އާސަންދަ -- ފޮޓޯ/ ފައިނޭންޝަލް ރިވިއު
އާސަންދަ -- ފޮޓޯ/ ފައިނޭންޝަލް ރިވިއު

މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން ސަރުކާރުގެ ހޮސްޕިޓަލްތައް ނޫން އެހެން ތަންތަނުން ބޭސްފަރުވާކުރާއިރު ހަރަދުގެ 15 އިންސައްތަ އަމިއްލައަށް ކޯޕޭމަންޓެއްގެ ގޮތުގައި ދައްކަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އާސަންދައިގެ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ދަށުން، ހެލްތު މިނިސްޓްރީން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ. އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ޚިދުމަތް ހޯދާއިރު 15 އިންސައްތަ ދައްކަން ޖެހުނު ނަމަވެސް، ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވުމުގައި މަތީ އާމްދަނީ ލިބޭ މީހުން އިސްތިސްނާއެއް ނުވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަހަކު 60،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބުނު ނަމަވެސް، ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުންގެ އިތުރުން އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން މި އުސޫލުން އިސްތިސްނާވާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް އާސަންދަ ދެމުން އައީ އެންމެ މުއްސަނދި މީހާއާއި އެންމެ ފަގީރު މީހާއަށް ވެސް އެއްވެސް ތަފާތުކުރުމެއް ނެތި އެވެ. ނަމަވެސް އެއީ އެންމެ އިންސާފުވެރިގޮތް ކަމަށް ގަބޫލުނުކުރައްވާތީ، މަތީ އާމްދަނީ ލިބޭ ފަރާތްތަކަށް ކޯ-ޕޭ ނުވަތަ ޕްރީ-ޕޭ އުސޫލުން ކަންކަން ހަމަޖައްސަން ނިންމެވި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުން އަންދާޒާކުރާގޮތުގައި މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކުރެވި، އެ ފައިސާ ރައްޔިތުންނަށް ބޭނުންވާ އެހެން ކަންކަމަށް ހަރަދުކުރެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑު އާމްދަނީ ލިބޭ މީހުން އާސަންދައަށް ދައްކަން ޖެހޭ ކޯޕޭމަންޓަކީ 15 އިންސައްތަ ކަމަށް ކަނޑައަޅައިފިޚަބަރު | ގަޑިއިރެއް ކުރިންއާސަންދަ އަށް ގެންނަ ބަދަލާއެކު އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ރައީސްޚަބަރު | 2 މަސް ކުރިންއިތުރު 8 އަތޮޅެއްގައި އާސަންދަ ކައުންޓަރު ހުޅުވައިފިޚަބަރު | 4 މަސް ކުރިންލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދަ ލިބޭނެގޮތް ހެދުމުގެ މަސައްކަތް ފަށައިފިޚަބަރު | 5 މަސް ކުރިން