logo
MPL

MPL

ކުޅިވަރު

ހާލަންޑުގެ ލަނޑާއެކު ސިޓީން ލައިޕްޒިގްގެ މައްޗަށް ކުރިހޯދައިފި

އަބްދުﷲ ޣާނިމް
5 ނޮވެމްބަރު 2026 - 03:49
ހާލަންޑުގެ ލަނޑާއެކު ސިޓީން ލައިޕްޒިގްގެ މައްޗަށް ކުރިހޯދައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެޑްބުލް އެރީނާގައި ކުޅުނު ފޯރިގަދަ މެޗު 3-2 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ. މެޗުގެ ފަހުވަގުތުގައި ސިޓީ މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަނެއްކާވެސް އާރލިންގ ހާލަންޑެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ސިޓީން ލީޑު ނެގީ ލައިޕްޒިގްގެ ކަސްޓެއްލޯ ލުކޭބާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 49 ވަނަ މިނެޓުގައި ރިޑްލެ ބާކޫ ވަނީ ލައިޕްޒިގަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން 58 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ބޮލުން ޖެހި ލަނޑާއެކު ސިޓީން އަލުން ލީޑު ނެގި ނަމަވެސް، މޮޅު ކުޅުމެއް ދެއްކި އެންޓޯނިއޯ ނޫސާ ވަނީ 61 ވަނަ މިނެޓުގައި ލައިޕްޒިގަށް އަނެއްކާވެސް އެއްވަރުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ ޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނިގެންދިޔަ މި މެޗުން ސިޓީ މޮޅުވި ލަނޑު، 78 ވަނަ މިނެޓުގައި އެލިއަޓް އެންޑަސަން ނަގައިދިން ހުރަހަކުން ކާމިޔާބުކުރީ މުޅިން ހުސްކޮށް ހުރި ހާލަންޑެވެ. މެޗުގެ ފަހުކޮޅު ޑޭވިޑް ރައުމް އާއި ރަޔާން ޗެރްކީ ފޮނުވާލި ހަމަލާތައް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވި ނަމަވެސް، ސިޓީން ވަނީ ތިން ޕޮއިންޓާއެކު މެޗު ނިންމާލާފައެވެ.

ހާލަންޑް ވަނީ ލައިޕްޒިގާ ދެކޮޅަށް ކުޅުނު 9 މެޗުގައި 13 ލަނޑު ޖަހައި، އެ ޓީމާ ދެކޮޅަށް އޭނާގެ މޮޅު ރެކޯޑު ދަމަހައްޓާފައެވެ. އަނެއްކޮޅުން ބަލިވި ނަމަވެސް، މާޓިން ޑެމިކެލިސްގެ ލައިޕްޒިގް ޓީމުން އެންމެ ފާހަގަކޮށްލެވުނީ އެންމެ ގިނަ ފުރުސަތު ތަނަވަސްކޮށްދިން ނޫސާގެ ހުނަރުވެރި ކުޅުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހާލަންޑުގެ ލަނޑާއެކު ސިޓީން ލައިޕްޒިގްގެ މައްޗަށް ކުރިހޯދައިފިކުޅިވަރު | ގަޑިއިރެއް ކުރިންތާވަލުގެ އެއްވަނައިގައި އޮތް ސިޓީ ބަލިކޮށް ބްރައިޓަން ތިންވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 4 ދުވަސް ކުރިންއެސްޓަން ވިލާ އަތުން ބަލިވެ، ވަގުހެދި ސިޓީގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއްކުޅިވަރު | 12 ދުވަސް ކުރިންރެލިގޭޓްވެދާނެ ކަމުގެ ބިރާއެކު ސިޓީގެ ޕްލާސްޓިކް ސަޕޯޓަރުން ޓީމު ދޫކޮށް އަސްލު ކުލަބަށް ރުޖޫޢަވެއްޖެ؟!ކުޅިވަރު | 15 ދުވަސް ކުރިން