logo
MPL

MPL

ޚަބަރު

ޒަކާތް ނެރުމުގައި ޢަމަލުކުރާނެ ގޮތުގެ މިންގަނޑުތަކަށް މުވައްޒަފުން ތަމްރީނުކުރުމުގެ ޕުރޮގުރާމް ފަށައިފި

އައިޝަތު ނަޝާ
5 ނޮވެމްބަރު 2026 - 13:29
ޒަކާތް ނެރުމުގައި ޢަމަލުކުރާނެ ގޮތުގެ މިންގަނޑުތަކަށް މުވައްޒަފުން ތަމްރީނުކުރުމުގެ ޕުރޮގުރާމް ފަށައިފި

'ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް’ ގެ ދެވަނަ އިޞްދާރުގެ މައްޗަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕުރޮގުރާމެއް އެ އިދާރާގެ މުވައްޒަފުންނަށް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ މަޤްސަދަކީ މޯލްޑިވްސް ޒަކާތު ހައުސްގެ މުވައްޒަފުންގެ މަޢުލޫމާތު މުއްސަނދިކޮށް، އެ އިދާރާގެ މަސައްކަތްތަކުގައި އިސްލާމީ އުޞޫލުތައް އެއްގޮތަކަށް ތަންފީޛުކުރުން ކަށަވަރުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަމްރީނު ޕުރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަ ސެޝަނަކަށް ބަހާލައިގެންނެވެ. މި ސެޝަންތަކުގައި ޒަކާތް ނެގުމާއި ބެހުމާ ގުޅޭ ޝަރުޢީ އުޞޫލުތަކާއި، މިންގަނޑުތަކާއި އިރުޝާދުތަކަށް އަލިއަޅުވާލެވޭނެއެވެ.

މި ސެޝަންތައް ނަންގަވައިދެއްވާނީ ފުރަތަމަ ސެޝަން ނަންގަވައިދެއްވި އައްޝައިޚް ޢިއްޒުއްދީން އަދުނާންގެ އިތުރުން، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް އަދި އެކްޓިންގ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް މޫސާ މުޢިއްޒެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަކާތް ނެރުމުގައި ޢަމަލުކުރާނެ ގޮތުގެ މިންގަނޑުތަކަށް މުވައްޒަފުން ތަމްރީނުކުރުމުގެ ޕުރޮގުރާމް ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންއިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026 އިފްތިތާޙުކޮށްފިޚަބަރު | 8 ދުވަސް ކުރިންސިޔާސީ އެއްވެސް ބޭނުމަކަށް ޒަކާތު ފަންޑުގެ ފައިސާ ބޭނުން ކޮށްފައެއް ނުވާނެ: އަބްދުއްﷲ އަލީޚަބަރު | 16 ދުވަސް ކުރިންމިދިޔަމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 109.26 މިލިއަން ރުފިޔާ ޚަބަރު | މަހެއް ކުރިން