ބީއެމްއެލް އެފޯޑަބަލް ހައުސިން: 182 ޔުނިޓްގެ ފައުންޑޭޝަން ނިމި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފި
5 ނޮވެމްބަރު 2026 - 14:33

ބޭންކް އޮފް މޯލްޑިވްސްގެ އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހިންގާ އެފޯޑަބަލް ހައުސިންގ މަޝްރޫއެއްގެ ދަށުން 182 ޔުނިޓްގެ ފައުންޑޭޝަން ނިމި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫގެ ދަށުން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ 364 ޔުނިޓުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތައް މީޑިއާތަކާ ހިއްސާ ކުރައްވަމުން މަޝްރޫއުގެ ޕްރޮޖަކްޓް ކޮންސަލްޓެންޓް މުޙައްމަދު ޝަރާހު ވިދާޅުވީ މިއަދު މަސައްކަތް ފެށި ޔުނިޓުތަކުގެ ތެރެއިން 182 ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުން ކަމަށެވެ.
ޝަރާހު ވިދާޅުވިގޮތުގައި މިހާރު 3260 އެޕާޓްމެންޓުގެ އަމަލީ މަސައްކަތް ފެށިފައިވާކަމަށާ، ހުޅުމާލޭ ފޭސް1ގެ ފްލެޓްތަކަށް ބޭނުންވާ ޑިޒައިންކުރުމުގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައި ކަމަށެވެ. ޝަރާހު ވިދާޅުވީ އަމާޒަކީ 2028 ގެ ނިޔަލަށް މި މަޝްރޫއުގެ މަސައްކަތް ނިންމުން ކަމަށެވެ.
މި މަޝްރޫއުތައް ނިމުމުން ހުޅުމާލޭ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫއުތަކެކެވެ.
3 ކޮޓަރީގެ މި ހައުސިން ޔުނިޓްތަކަކީ، 900 އަކަފޫޓުގެ ތަންތަނެވެ. މި މަޝްރޫއު ވެގެންދާނީ ސަރުކާރެއްގެ 5 އަހަރުގެ ދައުރުގެ ތެރޭގައި މަޝްރޫޢު ފަށައި، އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމައި، އޭގެ ވެރިފަރާތްތަކާ ޙަވާލުކުރެވޭނެ ފުރަތަމަ ހައުންސިންގ މަޝްރޫޢަށް ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫޢުތަކެއް ކަމަށްވެސް ސަރުކާރުން ބުނެއެވެ.

-01.jpg&w=3840&q=75)
