logo
MPL

MPL

ޚަބަރު

ހުޅުމާލޭގައި ބީއެމްއެލްގެ 14 ބުރީގެ އާ ހެޑް އޮފީސް އަޅައިދޭނެ ބަޔަކު ހޯދަނީ

އައިޝަތު އިނާޝާ
6 ނޮވެމްބަރު 2026 - 13:26
ހުޅުމާލޭގައި ބީއެމްއެލްގެ 14 ބުރީގެ އާ ހެޑް އޮފީސް އަޅައިދޭނެ ބަޔަކު ހޯދަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މައި އޮފީސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމަށްޓަކައި، އެތަން ޑިޒައިންކޮށް، އިމާރާތްކޮށް އަދި ފައިނޭންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ހުޅުމާލޭގެ 2,648.40 އަކަމީޓަރުގެ ބިމެއްގައި (ލޮޓް ނަންބަރު 11824) ބިނާކުރާ މިއިމާރާތަކީ ބޭސްމަންޓުގެ 2 ފްލޯއާ އެކު ޖުމްލަ 14 ބުރީގެ އިމާރާތެކެވެ. މި އިއުލާނުގައިވާ ގޮތުން އިމާރާތުގެ ގްރައުންޑް ފްލޯގައި ހާއްސަކުރަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށާއި މުވައްޒަފުންގެ ބޭނުންތަކަށް އަދި ރީ-ޓެއިލް ކަންކަމަށެވެ. އަދި 12 ވަނަ ފްލޯގައި ބަގީޗާ ޓެރަސްއެއް ހެދުމަށް ވަނީ ހަމަޖެހިފައިވާއިރު، 13 އަދި 14 ވަނަ ފްލޯ ހާއްސަ ކުރެވޭނީ އެގްޒެކެޓިވް އޮފީސްތަކަށް ކަމަށް އިއުލާނުގައި ވަނީ ބުނަފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިއުލާނުގައިވާ ގޮތުން މަދުވެގެން 65 ކާރާއި 400 ސައިކަލް ޕާކުކުރެވޭނެ ޖާގަ ހުންނާނެއެވެ. އަދި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް އިމާރާތުގެ ފުރާޅުގައި ސޯލާ ފާމެއް ޤާއިމުކުރަންޖެހެއެވެ.

މި މަޝްރޫޢު ކާމިޔާބުކުރާ ފަރާތަކުން މުޅި މަޝްރޫޢުގެ ފައިނޭންސް ހަމަޖައްސަންޖެހޭނީ ބީއެމްއެލް ނޫން ބޭރުގެ ވަސީލަތްތައް މެދުވެރިކޮށް، އެމެރިކާ ޑޮލަރުންނެވެ. ބީއެމްއެލްގެ ފައިސާ ނުވަތަ ބޭންކުން ފޮރިން ކަރަންސީ ހަމަޖައްސައިދޭ ގޮތަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަންނާނެއެވެ. ނަމަވެސް ކޮންވެންޝަނަލް ނުވަތަ އިސްލާމިކް (ޝަރީޢާ) ފައިނޭންސިންގ މޮޑެލްތައް ހުށަހެޅިދާނެއެވެ.

މި މަޝްރޫޢަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ބީއެމްއެލްގެ 14 ބުރީގެ އާ ހެޑް އޮފީސް އަޅައިދޭނެ ބަޔަކު ހޯދަނީޚަބަރު | ގަޑިއިރެއް ކުރިންމިދިޔަ މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ބީއެމްއެލްއިން 653 މިލިޔަން ޑޮލަރު ވިއްކާފައިވޭވިޔަފާރި | 2 މަސް ކުރިންއަލަށް ހުޅުވާ ބީއެމްއެލް އެކައުންޓްތަކަށް އިސްލާމިކް ބޭންކިން އުސޫލުން ފޯރުކޮށްދެނީވިޔަފާރި | 2 މަސް ކުރިން އީ-ކޮމާސް ޕްލެޓްފޯމްތަކުން ދިވެހި ރުފިޔާ ކާޑުން ކުރާ މުއާމަލާތްތަކަށް ލިމިޓެއް ކަނޑައަޅައިފިވިޔަފާރި | 2 މަސް ކުރިން