ސިޓީ ރެލިގޭޓް ކޮށްލުމުގެ ކުރިން، ސިޓީއިން މެންޗެސްޓަރ ޔުނައިޓެޑް ރެލިގޭޓްކޮށްލަނީ
8 ނޮވެމްބަރު 2026 - 03:17

މެންޗެސްޓަރ ސިޓީ މަކަރުހެދިކަން ސާބިތުވެ، ރެލިގޭޓް ކުރާނެކަމުގެ ބިރު ކުރިމަތިވެފައިވާ ދަނޑިވަޅުގައި، އެޓީމު ލީގުގެ ފޯމު ދަށްވެ، ޖެހިޖެހިގެން ތިންމެޗުން ލީގުގައި ބަލިވެއްޖެއެވެ. އެގޮތުން މެންޗެސްޓާ ސިޓީގެ ކުރީގެ ފޯވާޑް ލިއާމް ޑެލަޕް ކާމިޔާބުކުރި ދެ ލަނޑާއެކު 3-1 އިން ނޮޓިންގހަމް ފޮރެސްޓް އަތުން ސިޓީ ވަނީ ބަލިވެފައެވެ.
މެޗުގެ ހަވަނަ މިނެޓުގައި ޖައިރް ކުންހާ ވަނީ ފޮރެސްޓަށް ލީޑު ނަގައިދީފައެވެ. އޭގެ އިރުކޮޅެއް ފަހުން، 18 ވަނަ މިނެޓުގައި ޑެލަޕް އެ ޓީމުގެ ދެވަނަ ލަނޑު ޖެހިއެވެ. ދެވަނަ ހާފު ފެށިގެން 52 ވަނަ މިނެޓުގައި ރަޔާން ޗެރްކީ ސިޓީއަށް ލަނޑެއް ޖަހައިދީ އުންމީދު އާކޮށްދިން ނަމަވެސް، 73 ވަނަ މިނެޓުގައި ޑެލަޕް ވަނީ ފޮރެސްޓުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ނަތީޖާއާއެކު ފޮރެސްޓް ވަނީ ތާވަލުގެ 16 ވަނައަށް ޖެހިލާފައެވެ. އަދި ސިޓީ އޮތީ އެއްވަނައިގައި އޮތް އާސެނަލްއަށް ވުރެ ހަ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގެ ނަތީޖާއާއެކު ރެލިގޭޝަން ޒޯނުގައި އޮތް ފޮރެސްޓް ރެލިގޭޝަން ޒޯނުން ނިކުމެ، ސިޓީގެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައެވެ.

-01.jpg&w=3840&q=75)
