logo
MPL

MPL

ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ

މެންދުރު ޓީމް
8 ނޮވެމްބަރު 2026 - 11:21
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ

ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަން ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ފުރަތަމަ މެޗްގައި ރާއްޖެ ބަލިވީ ޕާކިސްތާނާ ދެކޮޅަށް ކުޅެ 3-0 އިންނެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްދާ މިމުބާރާތުގައި ރާއްޖެ ޕާކިސްތާނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗްގެ ތިނަވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ލަނޑެއްޖަހާ އެޓީމްވަނީ ލީޑް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިކޭލް ޢަބްދުﷲއެވެ. މެޗްގެ ކުރީކޮޅު ޕާކިސްތާނުން ލަނޑެއްޖަހާ ބޯލް ކޮންޓްރޯލްކޮށް ކުޅެމުން ދިއުމުގެ ނަތީޖާއަކީ ނުވަވަނަ މިނިޓްގައި އެޓީމްގެ ދެވަނަ ލަނޑުޖަހާ ލީޑް ފުޅާ ކުރުމެވެ. ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޕާކިސްތާނަށް ކާމިޔާބުކޮށްދިނީ ނަޖީބުﷲއެވެ.

މެޗްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތައް ރާއްޖެ ޓީމަށްވެސް ވަނީ ލިބިފައެވެ. ނަމަވެސް އެއިން އެއްވެސް ފުރުޞަތެއްގެ ބޭނުންވަނީ ނުހިފިއެވެ. މެޗްގެ ދެވަނަ ހާފްގައި ރާއްޖެޓީމުން ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކީ ޕާކިސްތާނު ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމުބާރާތުގައި ރާއްޖެ ކުޅެންޖެހޭ ދެވަނަ މެޗްގައި މިމަހުގެ 11 ވަނަ ދުވަހު ނިކުންނާނީ އިންޑިޔާއާ ދެކޮޅަށެވެ. ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތީވެސް ޕާކިސްތާނާއި އިންޑިޔާއެވެ. މި ގްރޫޕްގައި އިންޑިޔާއާއި ޕާކިސްތާން ބައްދަލުކުރި މެޗް 3-2 އިން ކާމިޔާބުކުރީ އިންޑިޔާއެވެ. އެހެންކަމުން މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމަށް ރާއްޖެއަށް މިހާރު އޮތީ ހަނި ފުރުޞަތެކެވެ.

ސާފް ޗެމްޕިއަންޝިޕް ގްރޫޕްއޭގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ސްރީލަންކާއާއި ބޫޓާނެވެ. މި ގްރޫޕްގެ ފުރަތަމަ މެޗް 1-0 ގެ ނަތީޖާއަކުން ބޫޓާންގެ މައްޗަށް ކުރި ހޯދީ ބަންގްލަދޭޝްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންޕާކިސްތާންގެ ފަސް ޔުނިވަސިޓީއަކާއެކު އެއްބަސްވުންތަކެއް ހަދައިފިޚަބަރު | 13 ދުވަސް ކުރިންކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުޚަބަރު | 18 ދުވަސް ކުރިންރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ޕާކިސްތާނުން ރައީސްގެ ދެ ކަނބަލުންނަށް ހޫނު މަރުޙަބާއެއްޚަބަރު | 19 ދުވަސް ކުރިން