logo
MPL

MPL

ވިޔަފާރި

ރަޝިއާއަށް ފައިސާ ފޮނުވުމާއި ބަލައިގަތުމަށް ބަދަލެއް ނުގެނޭ: ބީއެމްއެލް

އަޙުމަދު ރަމީޒު
10 ނޮވެމްބަރު 2026 - 04:07
ރަޝިއާއަށް ފައިސާ ފޮނުވުމާއި ބަލައިގަތުމަށް ބަދަލެއް ނުގެނޭ: ބީއެމްއެލް

ރަޝިއާއަށް ފައިސާ ފޮނުވުމާއި އެ ގައުމުން ފައިސާ ބަލައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ބަދަލެއް ގެނެސްފައި ނެތް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ސޯޝަލް މީޑިއާގައި ވިދާޅުވީ ރަޝިއާއަށް ފައިސާ ފޮނުވުމާއި އެ ގައުމުން ފައިސާ ބަލައިގަތުމަށް އެ ބޭންކުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި އެފަދަ މުއާމަލާތްތައް ހުއްޓާލައިފި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައީދު ވިދާޅުވީ ރަޝިއާއާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކުގެ ފަރާތުން މީޑިއާއަށް އެއްވެސް ބަޔާނެއް ނުވަތަ މައުލޫމާތެއްވެސް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން ރަޝިޔާއިން ފޮނުވާ ނުވަތަ އެ ގައުމާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ވަކި ހާއްސަ ސިޔާސަތެއް ކަނޑައަޅާފައެއް ނުވެ އެވެ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހެން ބޭންކުތަކެކޭ އެއްފަދައިން، ބޭރު ފައިސާގެ މުއާމަލާތްތައް، ހާއްސަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި ބީއެމްއެލްއިން ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ.

"މި ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް ސިޔާސަތުތަކަށް. މީގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި، އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީންކުރުން ހިމެނެ،" ސައީދު ވިދާޅުވި އެވެ.

މިފަދަ ސިޔާސަތުތަކުގެ ތެރެއަށް ފެތޭ މުއާމަލާތްތައް ކޮރެސްޕޮންޑެންޓް ބޭންކުތަކުން ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވާލުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ މިފަދަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށާއި ބީއެމްއެލްއިން އެ ނިންމުންތަކަށް އަމަލުކުރަން ޖެހޭ ކަމަށެވެ.

ހަގީގަތާ ޚިލާފު ޚަބަރުތަކުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށް ބޭންކުން ދެކޭ ކަމަށްވެސް ސައީދު ވިދާޅުވެފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝިއާއަށް ފައިސާ ފޮނުވުމާއި ބަލައިގަތުމަށް ބަދަލެއް ނުގެނޭ: ބީއެމްއެލްވިޔަފާރި | ގަޑިއިރެއް ކުރިންހުޅުމާލޭގައި ބީއެމްއެލްގެ 14 ބުރީގެ އާ ހެޑް އޮފީސް އަޅައިދޭނެ ބަޔަކު ހޯދަނީޚަބަރު | 4 ދުވަސް ކުރިންމިދިޔަ މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ބީއެމްއެލްއިން 653 މިލިޔަން ޑޮލަރު ވިއްކާފައިވޭވިޔަފާރި | 2 މަސް ކުރިންއަލަށް ހުޅުވާ ބީއެމްއެލް އެކައުންޓްތަކަށް އިސްލާމިކް ބޭންކިން އުސޫލުން ފޯރުކޮށްދެނީވިޔަފާރި | 2 މަސް ކުރިން