ފުރަތަމަ ޖުމްހޫރއްޔަތާއި ދެވަނަ ޖުމްހޫރިއްޔާގެ ވެރިކަން
11 ނޮވެމްބަރު 2026 - 06:05

ދިވެހިރާއްޖޭގެ ތާރީޚަށް ބަލާލާއިރު މިޤައުމުގެ ރައްޔިތުން އިސްލާމްދީން ޤަބޫލު ކުރީއްސުރެ އެތައް ޒަމާނެއް ވަންދެން މިޤައުމުގައި ކުރަމުން އައީ ވިރާސީ ރަސްކަމެކެވެ. ޖުމްލަ 7 ދަރިކޮޅަކުން ރާއްޖޭގައި ރަސްކަން ކުރައްވާފައިވެއެވެ. އޭގެތެރެއިން ފުރަތަމަ ދަރިކޮޅަކީ ތީމުގޭ ދަރިކޮޅެވެ. އެހާހިސާބުން އެކިއެކި ދަރިކޮޅުތަކަށް ނިސްބަތްވާ 85 ރަސްރަސްކަލުން މިޤައުމުގައި ރަސްކަން ކުރައްވާފައިވެއެވެ. އޭގެތެރޭގައި ރަނިކަނބަލުންވެސް ހިމެނިވަޑައިގަންނަވައެވެ.
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގެ ފަހުކޮޅުގައި، 22 ޑިސެމްބަރ 1932 ގައި ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ ވުޖޫދަށްއައެވެ. އެޤާނޫނު އަސާސީއާއެކުވެސް ހިނގަމުންއައީ ދަރިފަސްކޮޅުތަކަށް ނިސްބަތްވެ ވަޑައިގަންނަވާ ރަސްރަސްކަމެވެ. އަދި ފުރަތަމަ ފަހަރަށް އިންތިޚާބީ ރަސްކަމެއް ފެށުމަށްފަހު އައްސުލްޠާން މުޙައްމަދު އަމީންދީދީ ބޮޑުވަޒީރަކަށް އިންތިޚާބުވެ ވަޑައިގެންނެވިއެވެ. އެދުވަސްވަރު ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓްގައި ވަރަށް ފުރިހަމަ އަޤްލަބިއްޔަތަކުން ދިވެހި ރައްޔިތުން ނިންމެވީ މިޤައުމުގައި ދެން އޮންނަންވާނީ ޖުމްހޫރީ ވެރިކަމެއް ކަމުގައެވެ. 1 ޖެނުއަރީ 1953ގައި، އެހާހިސާބުން ރާއްޖޭގައި ކުރަމުންއައި ދިގު ވިރާސީ ރަސްކަން ރަސްމީކޮށް ނިމުމަކަށްއައެވެ. 800 އަހަރަށްވުރެ ގިނަ ދުވަސްވީ ރަސްކަން ނިމުކަމަށްއައެވެ. އަދި ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް މުޙައްމަދު އަމީން ވެ ވަޑައިގެންނެވިއެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ނައިބުރައީސަކީ ވެލާނާގޭ އިބްރާހީމް މުޙައްމަދުދީދީއެވެ.
.png&w=750&q=75)
Ad by Hajj Corporation
ފުރަތަމަ ޖުމްހޫރިއްޔާގެ ވެރިކަން ދެމިއޮތީ އެންމެ 7 މަހާއި 21 ދުވަހެވެ. އޭގެފަހުން އަނެއްކާވެސް 7 މާރޗް 1954 ގައި އަލުން ރަސްކަމަކަށް ބަދަލުވިއެވެ. އެފަހަރު ރަސްކަމާ ޙަވާލުވެ ވަޑައިގެންނެވީ ޙަސަން ނޫރައްދީން ދެވަނައެވެ. އަދި އެދުވަސްވަރު ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ ފެށްޓުމާއެކު ބޮޑުވަޒީރާއި ރަސްގެފާނުގެ މަޤާމުގައި ހުންނެވި ޙަސަން ނޫރައްދީން މަޤާމުން އިސްތިއުފާ ދެއްވިއެވެ. އަދި ރަސްކަމުގެ ތަޚުތު އެހާހިސާބުން ހުސްކަމަކަށްއައެވެ. ދެން ވެރިކަމުގެ ހުރިހާ ބާރެއް ލިބިވަޑައިގަތީ އައްސުލްޠާން ޙަސަންފަރީދަށެވެ. އަދި ރަސްކަމުގެ ތަޚުތު ހުސްވުމާއެކު ޤައުމުގެ އެންމެހާ ކަންކަން ހިންގުމަށް ވަލީކޮމެޓީއެއް އެކުލަވާލެވުނެވެ. އެކޮމެޓީގެ ފަރާތުން އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތަކީ ރަސްކަމުގެ ތަޚުތު ހުސްކޮށް ނުބަހައްޓާ ވެރިކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމެވެ. އިންތިޚާބަކާއެކު އެފަހަރު ރަސްކަމަށް އައްޔަން ކުރެއްވީ އަލް އަމީރު ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ނަމަވެސް އެފަހަރު ރަސްކަމާ ޙަވާލުވެ ވަޑައިގަންނަވާކަމަށް ޢަބްދުލްމަޖީދު ވަޑައެއް ނުގެންނެވިއެވެ. ޢަބްދުލް މަޖީދު އޭރު ދިރިއުޅުއްވަމުން ގެންދެވީ ކޮޅުނބުގައެވެ. އެމަނިކުފާނުގެ ލަފާފުޅާ އެއްގޮތަށް ޤައުމު ހިންގަވަމުން ގެންދެވީ އެމަނިކުފާނުގެ ބޭބޭފުޅުންނާއި އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނެވެ. އެރަސްކަން 1968ވަނަ އަހަރާ ހަމަޔަށް ދެމިއޮތެވެ. 1968ވަނަ އަހަރުން ފެށްޓިގެން މިއަދާ ހަޔަމައަށް މިޤައުމުގައި މިއޮތީ ޖުމްހޫރީ ވެރިކަމެކެވެ.
ދިވެހިރާއްޖޭގެ ރަސްރަސްކަމާއި ވެރިކަންތައް ފުރޮޅިގެން އައިގޮތަށް ބަލާއިރު އޭރުވެސް ކޮންމެވެސް ސިފައެއްގައި ސިޔާސީގޮތުން ނުފޫޒުގަދަ ޢާއިލާތަކާއި ބޭބޭފުޅުން ތިއްބެވިކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ވެރިކަމުގެ ބާރާއި ނުފޫޒު ހޯދުމަށް އޭރުވެސް އެކިގޮތްގޮތުން ބޭބޭފުޅުން މަސައްކަތް ކުރައްވާފައިވާކަން އެނގެން އެބައޮތެވެ. ޖުމްހޫރީ ނިޒާމުގެ ވެރިކަމެއް ފެށްޓުނު ހިސާބުން އަޅުގަނޑުމެން ލިބިގަންނަންޖެހޭ އެންމެ މުހިންމު އެއް ޢިބުރަތަކީ ޖުމްހޫރީ ވެރިކަމުގައި ގޮތް ނިންމަނީ ރައްޔިތުންކަމެވެ. އަދި އެވެރިކަން ދެމިއޮތުމާއި ވެރިކަން ނިންމުމުގެ ބާރުވެސް ރައްޔިތުންގެ އަތުގައި އޮންނަކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ވެރިކަން އެހާގިނަ ދުވަހަށް ދިގުދެމިގެން ނުދިޔަ ސަބަބަށް ވިސްނާލާއިރު މިކަން ވަރަށް ރަނގަޅަށް ސާފުވާން އެބައޮތެވެ.

-01.jpg&w=3840&q=75)
