ސީޕްލޭން ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމް ގެ ޚިދުމަތްތަކަކަށް މެދުކެނޑުމެއް ނާންނާނެ: އެމްއޭސީއެލް
11 ނޮވެމްބަރު 2026 - 11:39

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ގެ ވޯޓާ އެއިރޯޑްރޯމް ސަރަޙައްދުގައި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީ.އެމް.އޭ) ގެ ސީޕްލޭނެއް ޓެކްސީ ކުރުމުގެ ތެރޭގައި ހިނގި ހާދިސާ އާ ގުޅިގެން، ވޯޓާ އެއިރޯޑްރޯމް އިން ދެމުން އައި ޚިދުމަތްތަކަށް މެދުކެނޑުމެއް ނާންނާނެ ކަމަށް މޯލްޑިވްސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މި ހާދިސާ ހިނގާފަައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. މި ހާދިސާ ހިނގާފައިވަނީ ސީޕްލޭންގެ ކަނދަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތުދެއެވެ. ކަނދަށް ގެއްލުން ލިބި ސީޕްލޭނަށް ލޮނުގަނޑު އަރާ ކޮންމެވެސް ވަރަކަށް އަޑިއަށް ގޮސްފައިވެއެވެ.ނަމަވެސް މިހާރު ސީޕްލޭން ވަނީ ފާލަމާ ގާތްކޮށްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
އެމްއޭސީއެލް އިން ބުނީ މި ހާދިސާއާ ގުޅިގެން ފޯރުކޮށްދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ދަނީ ފޯރުކޮށްދެމުން ކަމަށާއި، އަދި އަޅަން ޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

-01.jpg&w=3840&q=75)
