logo
MPL

MPL

ކުޅިވަރު

އިސްރާއީލުގެ ޓެރަރިސްޓް ޙަމަލާއެއްގައި ފަލަސްޠީނުގެ ޒުވާން ގޯލްކީޕަރަކު ޝަހީދުވެއްޖެ

އަބްދުﷲ ޣާނިމް
12 ނޮވެމްބަރު 2026 - 03:40
އިސްރާއީލުގެ ޓެރަރިސްޓް ޙަމަލާއެއްގައި ފަލަސްޠީނުގެ ޒުވާން ގޯލްކީޕަރަކު ޝަހީދުވެއްޖެ

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ޙަމަލާއެއްގައި، ފަލަސްޠީނުގެ ޒުވާން ގޯލްކީޕަރު މަޙްމޫދު ކަމާލް ފާރިސް ޢަބްދުލްމާލިކް ޝަހީދުވެއްޖެ ކަމަށް ފަލަސްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ. ޢުމުރުން 20 އަހަރުގެ މަޙްމޫދަކީ ޣައްޒާ ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަދި ގޯލްކީޕަރެވެ. އޭނާ ޝަހީދުވީ ޣައްޒާ ސިޓީގެ ދެކުނުގައިވާ ސަބްރާ އަވަށަށް އަންގާރަ ދުވަހު ދިން ޙަމަލާއެއްގައެވެ.

މަޙްމޫދު ޝަހީދުވީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޝަހީދުވި ކުޅިވަރުގެ ޝަޚްޞިއްޔަތުންގެ ހަނދާނުގައި ބޭއްވި "ތައުޒަންޑް މާޓިއާސް ކަޕް" ގެ ފައިނަލް މެޗު ކުޅުނުތާ ފަސް ދުވަސް ފަހުންނެވެ. މި މުބާރާތުގައި އޭނާގެ ޓީމު ވަނީ ދެވަނަ ހޯދާފައެވެ. ފަލަސްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނި ގޮތުގައި، މަޙްމޫދުގެ ވަކިވުމާއެކު އިސްރާއީލުގެ ޢުދުވާނުގައި ޝަހީދުވި ކުޅިވަރު އެތުލީޓުންނާއި އޮފިޝަލުންގެ ޢަދަދު ވަނީ 1,017 އަށް އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، އައްނަޖުމާ ސްޕޯޓްސް އެކެޑަމީގެ 15 އަހަރުގެ މުޙައްމަދު ނިޟާލް ބަރްބަޚް ވެސް ރައްޓެހިންނާއެކު ފުޓްބޯޅަ ކުޅެން ހުއްޓައި އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އޮކްޓޫބަރު 2023 ގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 74,600 އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ ޓެރަރިސްޓް ޙަމަލާއެއްގައި ފަލަސްޠީނުގެ ޒުވާން ގޯލްކީޕަރަކު ޝަހީދުވެއްޖެކުޅިވަރު | 24 މިނިޓު ކުރިންއިޒްރާއީލުގެ ޤަތުލުއާންމު ކުއްވެރިކޮށް ޣައްޒާއަށް އެހީ ވެއްދުމުގެ ހުއްދަ ދިނުމަށް ހެމިލްޓަން ގޮވާލައިފިކުޅިވަރު | 30 މިނިޓު ކުރިންފަލަސްތީނު ޓީވީ ޗެނަލެއްގެ ފަސް ނޫސްވެރިއަކު ޝަހީދު ކޮށްލައިފި ދުނިޔެ | 2 އަހަރު ކުރިންޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދަން ގޮނޑުހޮވަން މަޖުބޫރުވެއްޖެ: އދދުނިޔެ | 2 އަހަރު ކުރިން