logo
MPL

MPL

ދުނިޔެ

ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދަން ގޮނޑުހޮވަން މަޖުބޫރުވެއްޖެ: އދ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
1 ޑިސެމްބަރު 2024 - 06:50
ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދަން ގޮނޑުހޮވަން މަޖުބޫރުވެއްޖެ: އދ

ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދަން ގޮނޑުހޮވަން މަޖުބޫރުވެއްޖެކަމަށް އދގެ އިސް އޮފިޝަލަކު ހާމަކުރައްވައިފިއެވެ.

ޣައްޒާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު، އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީސް (އޯއެޗްސީއެޗްއާރު)ން ފަލަސްޠީނަށް ކަނޑައަޅާފައި ހުންނަވާ އޮފިޝަލް އަޖިތު ސުންގޭ ވިދާޅުވީ، ކާބޯތަކެތި ހޯދަން ދަތިވެ، ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެހިފައިވާ ކަމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީއަށް ބޭނުންވާ ކާބޯތަކެތި ލިބޭނެ ދޮރުތައް ބަންދުކޮށް، އޭގެ ތެރެއިން ބޮޑު އިންސައްތައެއް ބަނޑު ހައިހޫނުކަން ތަޙައްމަލުކުރަން ޖައްސާފައި ވަނީ ޔަހޫދީންނެވެ. މީގެ އަހަރެއް ކުރިން ޣައްޒާގެ މުސްލިމުން ދެކޮޅަށް ފެށި ލާއިންސާނީ ޖަރީމާތަކާ އެކު ޔަހޫދީން ވަނީ އެ ސަހަރަށް ވަދެނިކުމެ ހެދެން އޮތް ހުރިހާ މަގެއް ބަންދުކޮށްފައެވެ. އަދި، އެ ސަރަހައްދަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. މިއީ، ހަނގުރާމައިގެ ކުށެކެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 44,382އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 105,142 މީހުން ޒަޚަމު ކޮށްލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ ޓެރަރިސްޓް ޙަމަލާއެއްގައި ފަލަސްޠީނުގެ ޒުވާން ގޯލްކީޕަރަކު ޝަހީދުވެއްޖެކުޅިވަރު | 36 މިނިޓު ކުރިންއިޒްރާއީލުގެ ޤަތުލުއާންމު ކުއްވެރިކޮށް ޣައްޒާއަށް އެހީ ވެއްދުމުގެ ހުއްދަ ދިނުމަށް ހެމިލްޓަން ގޮވާލައިފިކުޅިވަރު | 42 މިނިޓު ކުރިންފަލަސްތީނު ޓީވީ ޗެނަލެއްގެ ފަސް ނޫސްވެރިއަކު ޝަހީދު ކޮށްލައިފި ދުނިޔެ | 2 އަހަރު ކުރިންޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދަން ގޮނޑުހޮވަން މަޖުބޫރުވެއްޖެ: އދދުނިޔެ | 2 އަހަރު ކުރިން