logo
MPL

MPL

ކުޅިވަރު

ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް ބާރު ސްޕީޑުގައި ދުއްވި ފެރާރީ ކާރު އެކްސިޑެންޓްވެ ސަލާމަތްވެއްޖެ

އަބްދުﷲ ޣާނިމް
12 ނޮވެމްބަރު 2026 - 03:48
ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް ބާރު ސްޕީޑުގައި ދުއްވި ފެރާރީ ކާރު އެކްސިޑެންޓްވެ ސަލާމަތްވެއްޖެ

ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް ޖަރުމަނުގެ މަޝްހޫރު ނާބާގްރިންގް ޓްރެކުގައި ބާރު ސްޕީޑުގައި ދުއްވި ފެރާރީ ކާރު ކޮންޓްރޯލުން ނެއްޓި ޓްރެކުގެ ބެރިއަރުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގި ނަމަވެސް، އެއްވެސް އަނިޔާއެއް ނުލިބި އޭނާ ވަނީ ހައިރާން ކުރުވަނިވި ފަދަ ގޮތަކަށް ސަލާމަތްވެފައެވެ.

ހޯމަ ދުވަހުގެ މެންދުރުފަހު ހިނގި މި އެކްސިޑެންޓުގައި، މިވަގުތު ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ކޯމޯ އަށް ކުޅެމުން އަންނަ ސަންޗޭޒް ދުއްވި ކާރު ކޮންޓްރޯލުން ނެއްޓުނީ ގަޑިއަކު ގާތްގަނޑަކަށް 70 މޭލު (112 ކިލޯމީޓަރު) ގެ ބާރުމިނުގައި ދުއްވަނިކޮށެވެ. އޭނާ ކޮންޓްރޯލް ނެއްޓުނީ މި ޓްރެކުގެ ފާހަގަކޮށްލެވޭ ވަރަށް ނުރައްކާތެރި ކަރާސިއޯލާ-ކަރޫސެލް ކަންމަތިން މާ ބާރަށް ސްޕީޑު ނެގުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސިޑެންޓް ފެނުނު އިނގިރޭސި ފަތުރުވެރިއަކު ދަ ސަން ނޫހަށް މައުލޫމާތު ދެމުން ބުނީ، ސަންޗޭޒް އެ ކަންމައްޗަށް ވަނީ މާ ބާރަށް ދުއްވާފައި ކަމަށާއި، ބެރިއަރުގައި ޖެހުމާއެކު ވަގުތުން ރަތް ދިދަ ނަގައި ރޭސް މެދުކަނޑާލި ކަމަށެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ފިޔާތޮށި ކެމޮފްލާޖް ޑިޒައިނެއް އަޅާފައިވާ ފެރާރީ 488 ޗެލެންޖް އީވޯ މަރުކާގެ މި ކާރުގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް ބާރު ސްޕީޑުގައި ދުއްވި ފެރާރީ ކާރު އެކްސިޑެންޓްވެ ސަލާމަތްވެއްޖެކުޅިވަރު | 17 މިނިޓު ކުރިންޔުނައިޓެޑުން 38 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ކުޅުނު ނުވަމެޗުން މޮޅުނުވެ، ލަދުވެތި ރެކޯޑެއް ޤާއިމުކޮށްފިކުޅިވަރު | 12 ދުވަސް ކުރިންޕެނަލްޓީ ޖަހައިގެން ޗެލްސީ ކަޓުވާލުމަށްފަހު ލިވަޕޫލް ކަރަބައޯ ކަޕްގެ ކުއާޓާ ފައިނަލަށްކުޅިވަރު | 14 ދުވަސް ކުރިންނެޓޯގެ ދެ ލަނޑާއެކު ޗެލްސީން އެވަޓަންގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިކުޅިވަރު | 25 ދުވަސް ކުރިން