މަދަމާއިން ފެށިގެން ކުރިއެކޭ އެގޮތަށް ހިފެހެއްޓުމެއް ނެތި ގޭސް ލިބޭނެ: މޯލްޑިވް ގޭސް
13 ނޮވެމްބަރު 2026 - 14:34

މޯލްޑިވް ގޭސްގެ ސަޕްލައިއަށް ދިމާވި މައްސަލަ ހައްލުވެ، މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ދަތިކަމެއް ނެތި ކައްކާ ގޭސް ލިބެން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގޭސް ވިއްކުން ކޮންޓްރޯލްކޮށްފައި ވަނީ ސަޕްލައިއަށް ދިމާވި ދަތިތަކަކާ ގުޅިގެންނެވެ. އެގޮތުން 10 ކިލޯގެ ފުޅިއަކަށް 7 ކިލޯ، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ، އަދި 45 ކިލޯގެ ފުޅިއަކަށް 31 ކިލޯ ގޭސް އެޅައިދެމުންދިޔަ ނަމަވެސް، މިހާރު އެ މައްސަލަ ހައްލުވެ ކުރިން ވެސް ގޭސް އަޅައިދެމުންދިޔަ މިންވަރަށް ވަނީ އިއާދަކޮށްފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް މިހާރުވެސް މަޝްރޫޢެއް ކުރިއަށްދާ ކަމަށާއި، މި މަޝްރޫޢު ނިމުމުން ތިން މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާކުރެވި މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވް ގޭހުން ފާހަގަކުރެ އެވެ. މިފަދަ ދަތިތައް މެދުވެރިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސަޕްލައި ޗޭނަށް ދިމާވާ ގޮންޖެހުންތަކާ ހެދި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

-01.jpg&w=3840&q=75)
