logo
MPL

MPL

ޚަބަރު

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު މިރޭ އިފްތިތާޙުކުރުމަށްފަހު ހަވާ އަރުވާނެ

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
14 ނޮވެމްބަރު 2026 - 04:55
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު މިރޭ އިފްތިތާޙުކުރުމަށްފަހު ހަވާ އަރުވާނެ

 މާފަންނު ޓްރެކް ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙުކުރުމަށްފަހު، މިރޭ މާލޭގައި ހަވާއެރުވުމުގެ ހަރަކާތަކުން ދިއްލާލާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އިފްތިތާޙުކުރުން އޮންނާނީ މިއަދު ރޭގަނޑު 7:45 ގައެވެ. މިއީ ދިވެހި މުޖުތަމަޢުގައި އިޙްތިރާމާއި، ރިވެތި އަޚްލާޤާއި ހެޔޮ ސިފަތައް އަށަގަންނުވައި ވަރުގަދަކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ފަސް އަހަރު ދުވަހުގެ ޤައުމީ އިސްނެގުމެއްގެ ފެށުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިސްނެގުމުގެ ދަށުން މުޖުތަމަޢަށް އަމާޒުކޮށްގެން ހިންގާ ވޯކްޝޮޕްތަކާއި، ތަޢުލީމީ ޕްރޮގްރާމްތަކުގެ އިތުރުން މީޑިއާ ކެމްޕޭންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި ސަރުކާރުގެ މުއައްސަސާތަކާއި، ސްކޫލްތަކުގެ އިތުރުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. މީގެ މައިގަނޑު ބޭނުމަކީ އިޖްތިމާޢީ އެއްބައިވަންތަކަން ޤާއިމުކުރުމާއި ދިވެހިންގެ ޒަމާންވީ އަގުހުރި އާދަކާދަތައް ދެމެހެއްޓުމެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު މިރޭ އިފްތިތާޙުކުރުމަށްފަހު ހަވާ އަރުވާނެޚަބަރު | 22 މިނިޓު ކުރިން"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި އިތުރު މީޑިއާތަކެއްޚަބަރު | މަހެއް ކުރިންމަސައްކަތް ކުރާނީ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމަނައިގެން: ވަޒީރު ހީނާޚަބަރު | 5 މަސް ކުރިން