logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީ ސަރުކާރުން ފެނަކައަށް ނަގާފައިތިބި މުވައްޒަފުންނަށް ބިލިއަނުން ހޭދަކުރަންޖެހޭ

އާމިނަތު ޝަފާ
25 އޮކްޓޯބަރު 2024 - 05:14
މެމްބަރު މުހައްމަދު އިސްމާއިލް
މެމްބަރު މުހައްމަދު އިސްމާއިލް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކައަށް 3،000 މުވައްޒަފުން ނަގާފައިތިބި އިރު އެ މުވައްޒަފުންނަށް ބިލިއަނުން ހޭދަކުރަންޖެހޭޖެހުމަކީ އިސްރާފެއްނޫންތޯ ރައްޔިތުން ސުވާލު އުފައްދަމުން އަންނަކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ސަޕްލަމެންޓަރީ ބަޖެޓުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ދައުލަތުގެ ދަރަނި 129 ބިލިއަނުގައި އޮތްއިރު އެސްއޯއީތަކުން ނުދައްކާ 10 ބިލިއަން ރުފިޔާ އެބައޮތްކަމަށެވެ. ސަރުކާރާ ހަވާލުވީއިރު އެސްއެމްއީ ލޯނުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށާއި މާލިއްޔަތު ގާނޫނާ ހިލާފަށް ހަރަދުކޮށްފައިއޮތް 2 ބިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށް މެމްބަރު ވިދާޅުވިއެވެ. މިއީ ސަޕްލަމެންޓަރީ ބަޖެޓު ހުށަހަޅަންޖެހުނު ސަބަބުތައްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ކުންފުނިތަކަށް ބޭކާރު ގޮތުގައި ވައްދާފައިތިބި މުވައްޒަފުންގެ ސަބަބުންވެސް ދައުލަތުގެ މާލިއްޔަތަށް ގެއްލުންވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

" ފެނަކައަށް 3،000 މުވައްޒަފުން ނަގާފައިތިބި އިރު އެ މުވައްޒަފުންނަށް ބިލިއަނުން ހޭދަކުރަންޖެހުމަކީ ބޭކާރު ހަރަދެއްތޯ ރައްޔިތުން އެބަ ސުވާލު އުފައްދާ. އޮޅުވައެއް ނުލެވޭނެ. ވިލިމާލެއަށް ބަލާ. ވިލިމާލެއަށް ކޮށްދިނީ ކޮންކަމެއްތޯ ބަޖެޓެއް ފާސްކޮށްގެން އެމްޑީޕީ ސަރުކާރުގައި."

ސަޕްލަމެންޓަރީ ބަޖެޓާއި އެކު ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން ޚަރަދުތައް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށްފަހު، މި އަހަރަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

މިއަހަރަށް ފާސްކޮށްފައިވާ ދަޢުލަތުގެ ބަޖެޓަކީ ނިމިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެކެވެ.

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ބަޖެޓު އެކުލަވާލިއިރު މަޝްރޫޢުތަކަށް އާދަޔާ ޚިލާފު ދަށް ޢަދަދު ޖަހައި، ހަގީގަތާ ނުބައްދަލުވާނެހެން ބަޖެޓު ތައްޔާރުކޮށްފައިވާކަމަށާއި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް ބަލައި ބަޖެޓުކޮށްފައިވާއިރު އެއްވެސް ކަމަކަށް ތައްޔާރުވެފައި ނުވުމާއި 2023 ގެ ހިސާބުތައް އެކައުންޓްކުރުމުގައި ބޮޑެތި އަދަދުން ފަރަގުހުރިކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށް ބުނުމުގެ އެއްވެސް ޖާގައެއް ނެތް : މުހައްމަދު އިސްމާއީލްޚަބަރު | 3 ގަޑިއިރު ކުރިންކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުނު!ޚަބަރު | 3 ގަޑިއިރު ކުރިންލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާޙުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިޚަބަރު | 4 ގަޑިއިރު ކުރިންއޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ މަޖިލީހުން ދީފިޚަބަރު | 2 ދުވަސް ކުރިން