logo
MPL

MPL

ކުޅިވަރު

އިޓަލީ ބަލިކޮށް ބެލްޖިއަމް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލަށް

އަބްދުﷲ ޣާނިމް
16 ނޮވެމްބަރު 2026 - 03:30
އިޓަލީ ބަލިކޮށް ބެލްޖިއަމް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލަށް

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ1 ގައި ފަހަތުން އަރައި 4-1 އިން އިޓަލީ ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ބެލްޖިއަމް ކަށަވަރުކޮށްފިއެވެ. މި ނަތީޖާއާއެކު ބެލްޖިއަމް ވަނީ ގްރޫޕުގެ ދެވަނައަށް ޖެހިލައި، އިޓަލީ މުބާރާތުން ކަޓުވާލާފައެވެ.

ބްރަސަލްސްގައި ކުޅުނު މި މެޗުގެ 11 ވަނަ މިނެޓުގައި ފްރެންޗެސްކޯ އެސްޕޮސިޓޯގެ ލަނޑުން އިޓަލީން ކުރިހޯދިއެވެ. ނަމަވެސް، ފުރަތަމަ ހާފުގެ 11 މިނެޓު ތެރޭގައި މެކްސިމް ޑި ކުއިޕާ، ނަތަން އެންގޯއީ އަދި ޖެރެމީ ޑޮކޫ ޖެހި ލަނޑުތަކުން ބެލްޖިއަމް ވަނީ ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 80 ވަނަ މިނެޓުގައި ޑިއެގޯ މޮރެއިރާ ބެލްޖިއަމްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފަހުކޮޅު އިޓަލީއަށް ލިބުނު ޕެނަލްޓީ އެސްޕޮސިޓޯ ފޮނުވާލުމުން ބެލްޖިއަމްގެ ކީޕަރު ސެން ލަމެންސް ވަނީ މޮޅަށް ދިފާއުކޮށްފައެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް ކުއާޓާއަށް ދެވެން އޮތް އިޓަލީ މި ބައްޔާއެކު ގްރޫޕް ނިންމާލަން ޖެހުނީ ތިންވަނައިގައެވެ. މި ގްރޫޕުގެ އެއްވަނަ ހޯދީ ފްރާންސެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތުރުކިޔޭ ބަލިކޮށް ފްރާންސް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިކުޅިވަރު | 11 މިނިޓު ކުރިންއިޓަލީ ބަލިކޮށް ބެލްޖިއަމް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލަށްކުޅިވަރު | 22 މިނިޓު ކުރިންސާބިއާ ބަލިކޮށް ނޭޝަންސް ލީގުގެ އުންމީދު ޖަރުމަނުން ދަމަހައްޓައިފިކުޅިވަރު | 2 ދުވަސް ކުރިންކޭންގެ ތާރީޚީ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް އިންގްލެންޑް ކުއާޓާ ފައިނަލަށްކުޅިވަރު | 3 ދުވަސް ކުރިން