ތުރުކިޔޭ ބަލިކޮށް ފްރާންސް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
16 ނޮވެމްބަރު 2026 - 03:42
.jpg&w=3840&q=75)
ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ1 ގެ އެއްވަނަ ޓީމުގެ ގޮތުގައި ފްރާންސުން ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ. އާދީއްތަ ދުވަހު ކުޅުނު މި މެޗު ފްރާންސުން ކާމިޔާބުކުރީ ތުރުކީއާ ވާދަކޮށް 2-1 ގެ ހަނި ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ފްރާންސަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ތުރުކީގެ ކީޕަރު ބަރކޭ އޮޒާ ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ. ނަމަވެސް، ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައި ފްރާންސުން ލީޑު ނެގީ ތުރުކީގެ އެމިރްހާން ޓޮޕްޗޫ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އޭގެ ފަހުން ތުރުކީގެ އާރްދާ ގުލާ ޖެހި ލަނޑެއް ވީއޭއާރުން ބަލައިނުގަތުމަށް ނިންމިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ފްރާންސުގެ ދެވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖޫނިއާ ކްރޫޕީއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ތުރުކީގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކުރީ އަބްދުލްކަރީމް ބަރުދަކްޗީއެވެ.
މި މޮޅާއެކު ފްރާންސް ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެއްވެސް ޕޮއިންޓެއް ނުލިބި ތުރުކީ ވަނީ ރެލިގޭޓްވެފައެވެ.

-01.jpg&w=3840&q=75)
