ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ހދ.ނައިވާދޫގައި ފެތުމުގެ ޙަރަކާތްތަކެއް
16 ނޮވެމްބަރު 2026 - 11:54

ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ހދ.ނައިވާދޫގައި ފެތުމުގެ ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ. މިޙަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ނައިވާދޫގެ މުޢައްސަސާތައް ގުޅިގެންނެވެ.

.png&w=750&q=75)
Ad by Hajj Corporation
މި ޙަރަކާތާ ގުޅޭގޮތުން މެންދުރު ޓީވީއަށް މަޢުލޫމާތު ދެއްވަމުން ނައިވާދޫ ޞިއްޙީ މަރުކަޒު ހިންގުމާއި ޙަވާލުވެ ހުންނެވި ޢަބްދުﷲ ނާޡިމް ވިދާޅުވީ، މިފަދަ ކަސްރަތު ތަކަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ޤަވާޢިދުން ކުރިއަށް ގެންދަންވާނެ މުހިއްމު ކަސްރަތު ތަކެއްކެއް ކަމަށް އެމަރުކަޒުން އބަދުވެސް ޤަބޫލު ކުރައްވާ ކަމުގައެވެ. އަދި އެންމެހާ ބޭފުޅުންވެސް ހަކުރު ބައްޔަށް ރައްކާތެރި ވުމުގެގޮތުން ދެއްވި މަޢުލޫމާތުތަކަށް ޢަމަލީގޮތުން ފިޔަވަޅުތައް އަޅުއްވަމުން ގެންދިޔުމަކީ މުހިއްމު ކަމެއްކަމަށެވެ. ި ޙަރަކާތް ކުރިއަށް ގެންދިޔައީ އުމުރުން 60 އަހަރުންމަތީ އުމުރު ފުރާ ބޭފުޅުން ވަކިން، އަދި އުމުރުން 60 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން އަދި ފިރެހެން ބޭފުޅުން ވަކިން، ގްރޫޕްތަކަކަށް ބަހާލައިގެންނެވެ.

މި ޙަރަކާތުގައި މަޢުލޫމާތު ދެއްވީ ނައިވާދޫ ޞިއްޙީ މަރުކަޒުގެ ރަޖިސްޓަރޑް ނަރސް ސަމްޝިއްޔާ ޢަބްދުﷲ އެވެ. އަދި ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވީ ސްޕޯޓްސް ކައުންސިލް އޮފިސަރ މުޙައްމަދު ސިރުޙާނެވެ. މި ޚާއްޞަ ޙަރަކާތް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމަށްޓަކައި އެހީތެރިވެ ދެއްވި އެންމެހާ މުއައްސަސާތަކުގެ މުވައްޒަފުންނާއި ކުލަބް ޖަމުޢިއްޔާ ތަކުގެ މެމްބަރުންގެ އިތުރުން، ޚާއްޞަކޮށް ނައިވާދޫ ޞިއްޙީ މަރުކަޒުގެ އެންމެހާ މުވައްޒަފުންނަށް ޢަބްދުﷲ ނާޡިމްވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ހަކުރުބަލީގެ ދުވަހަކީ ކޮންމެ ނޮވެމްބަރ މަހެއްގެ 14 ވަނަ ދުވަހެވެ. މި އަހަރުގެ ހަކުރު ބަލީގެ ދުވަހުގެ ޝިޔާރަކީ " ހަކުރު ބަލިން ރައްކާތެރި ވުމަށް ދުރާލާ ފިޔަވަޅު އަޅަމާ " އެވެ.

-01.jpg&w=3840&q=75)
