ފަންނީ ދާއިރާތަކުގެ ކޮމިޓީތަކާއި މަޝްވަރާ މަޖިލިސް އެކުލަވައިލުމުގެ އުސޫލެއް ފާސްކުރައްވައިފި
16 ނޮވެމްބަރު 2026 - 13:00

އެކި ފަންނީ ދާއިރާތަކުން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ އަލީގައި ސިޔާސަތުތައް ބައްޓަންކުރުމަށްޓަކައި، "ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި، ފަންނީ މަޝްވަރާ މަޖިލިސް" އެކުލަވައިލެއްވުމުގައި ޢަމަލުކުރައްވާނެ އުސޫލެއް ކަނޑައަޅުއްވައި އެއަށް ޢަމަލުކުރައްވަން ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
މި އުސޫލު ފާސްކުރައްވާފައިވަނީ މިހިނގާ ނޮވެންބަރު މަހުގެ 15 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.ސަރުކާރުން ބުނީ މި އުސޫލުގެ މައިގަނޑު މަގުސަދަކީ އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާމެދު މަޝްވަރާކޮށް، އެ ދާއިރާތަކުގެ ސިޔާސަތުތައް ތަރައްޤީކޮށް ތަންފީޒުކުރުމުގައި ގާބިލު އަދި ތަޖުރިބާކާރު ފަރާތްތަކުގެ ފަންނީ ލަފާ ހޯދުމުގެ ނިޒާމެއް ޤާއިމުކުރުމެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ނިންމުމުގެ ދަށުން ކޮންމެ ވުޒާރާއަކަށް ވެސް ހާއްސަވާ ފަންނީ ދާއިރާތަކުން ކޮމިޓީތައް އެކުލަވައިލައި، އެ ދާއިރާތަކުގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތައް އެ ކޮމިޓީތަކަށް އައްޔަންކުރެވޭނެ އެވެ. އަދި މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ބަލައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މި އުސޫލުގެ ފުރިހަމަ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެ އެވެ.

-01.jpg&w=3840&q=75)
