logo
MPL

MPL

ކުޅިވަރު

ޑެކްލަން ރައިސް އާސެނަލްގެ އެއްބަސްވުން އާކުރަން ނިންމައިފި

އަބްދުﷲ ޣާނިމް
17 ނޮވެމްބަރު 2026 - 06:08
ޑެކްލަން ރައިސް އާސެނަލްގެ އެއްބަސްވުން އާކުރަން ނިންމައިފި

އާސެނަލްގެ މެދުތެރެއަށް ކުޅޭ މުހިންމު ކުޅުންތެރިޔާ ޑެކްލަން ރައިސް، އެ ކްލަބާއެކު 5 އަހަރު ދުވަހުގެ އާ އެއްބަސްވުމެއް ހެދުމަށް އެއްބަސްވެއްޖެއެވެ.

ދަ އެތުލެޓިކްގެ ޑޭވިޑް އޯންސްޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައިސްގެ މިހާރުގެ އެއްބަސްވުން 2028 ވަނަ އަހަރު ހަމަވާން އޮތް ނަމަވެސް، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ މި އާ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރާނެ ކަމަށް ބެލެވެއެވެ. މި އާ އެއްބަސްވުމާއެކު، އޭނާ ވެގެންދާނީ އެމިރޭޓްސް ސްޓޭޑިއަމްގައި އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ކުޅުންތެރިޔާއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވޭތުވެދިޔަ ހަފުތާތަކުގައި ރައިސްގެ އިތުރުން ކޯޗު މިކޭލް އާޓެޓާ ވެސް ވަނީ އާ އެއްބަސްވުމަކާ ގުޅޭގޮތުން ވާހަކަދައްކައި، މި ޑީލް ނިމުމަކީ ވަގުތުގެ މައްސަލައެއްކަން ދޭހަވާ މޭރުމުން އިޝާރާތްކޮށްފައެވެ.

މީގެއިތުރުން، ހޯމަ ދުވަހުގެ ކުރީކޮޅު ޔޫރިއަން ޓިމްބާ ވެސް އާސެނަލްއާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއް އާކުރަން ނިންމާފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ކޯޗު އާޓެޓާ އަންނަނީ ޕްރިމިއާ ލީގު ކާމިޔާބުކުރި ޓީމުގެ މައިބަދަ ދެމެހެއްޓުމަށްޓަކައި މުހިންމު ކުޅުންތެރިން ކްލަބުގައި ބޭތިއްބުމަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑެކްލަން ރައިސް އާސެނަލްގެ އެއްބަސްވުން އާކުރަން ނިންމައިފިކުޅިވަރު | 25 މިނިޓު ކުރިންޗެންޕިއަން އާސެނަލް އުނދަގޫ މޮޅެއް ހޯދައި އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 9 ދުވަސް ކުރިންގެޔޯޜކެރޭސް އަނެއްކާވެސް މާސްކު އަޅަން ފަށައިފި، މިއީ އެހެން ކުލަބުތަކަށް ހުރި ބިރެއްކުޅިވަރު | 12 ދުވަސް ކުރިން14 އަހަރަށްފަހު ލިވަޕޫލް އެންފީލްޑްގައި ބަލިކޮށް، އާސެނަލް ތާވަލުގެ އެއްވަނަ އަށްކުޅިވަރު | 15 ދުވަސް ކުރިން