ގެޔޯޜކެރޭސް އަނެއްކާވެސް މާސްކު އަޅަން ފަށައިފި، މިއީ އެހެން ކުލަބުތަކަށް ހުރި ބިރެއް
5 ނޮވެމްބަރު 2026 - 03:55
.jpg&w=3840&q=75)
ޗެމްޕިއަންސް ލީގުގައި ސްލާވިއާ ޕްރާގް އަތުން 2-1 އިން އާސެނަލް މޮޅުވި މެޗުގައި، ގިނަ ދުވަސްތަކަކަށްފަހު ވިކްޓަ ޔޮކެރެސް އޭނާގެ މަޝްހޫރު 'މާސްކް' އުފާފާޅުކުރުން ދައްކާލައިފިއެވެ. ލަނޑެއް ޖަހައި އެ ސިގްނޭޗާ އުފާފާޅުކުރުން ދައްކާލަން ލިބުނު ފުރުސަތާއެކު، މިއީ ޔޫރަޕްގެ ވަރުގަދަ ކްލަބްތަކަށް ސަމާލުވެ ތައްޔާރުވެ ތިބުމަށް އޭނާ ދިން ސީދާ އިންޒާރެކެވެ.
ފުރަތަމަ ހާފުގައި މޮޅަށް ކުޅުނު އާސެނަލުން މެޗުގެ 9 ވަނަ މިނެޓުގައި ލީޑު ނެގީ ޔޮކެރެސް ދިން ބޯޅައަކުން ނޯނީ މަޑުއޭކޭ ޖެހި ލަނޑުންނެވެ. އޭގެފަހުން 38 ވަނަ މިނެޓުގައި މިކޭލް މެރީނޯ ތަނަވަސްކޮށްދިން ފުރުސަތަކުން، ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޔޮކެރެސް ވަނީ އާސެނަލްގެ ލީޑު ފުޅާކޮށްދީފައެވެ. އާސެނަލްގެ ފުރަތަމަ އެގާރައިގައި އޭނާ ފެށި ފަހު 10 މެޗުން މިހާތަނަށް ވަނީ 8 ގޯލް ކޮންޓްރިބިއުޝަން ހަމަކޮށްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ދެވަނަ ހާފުގައި ސްލާވިއާ ވަރުގަދަކޮށް ކުޅެ، 90 ވަނަ މިނެޓުގައި ވިކްޓަ ނޮވަކް ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފައެވެ. ނަމަވެސް، އާސެނަލުން ދިފާއު ވަރުގަދަކޮށް ތިން ޕޮއިންޓް ކަށަވަރުކުރިއެވެ.
މި ނަތީޖާއާއެކު ޗެމްޕިއަންސް ލީގުގައި ބަލިނުވެ 19 މެޗު ހަމަކޮށް، އާސެނަލް ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ.

-01.jpg&w=3840&q=75)
