ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން ބަލަން "ސިޓިޒަންސް ވޮއިސް" ޕޯޓަލްގެ ޚިދުމަތް ފަށައިފި
17 ނޮވެމްބަރު 2026 - 07:50

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޤާއިމުކުރެއްވި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުން "ސިޓިޒަންސް ވޮއިސް" ގެ ނަމުގައި ޚާއްޞަ ޕޯޓަލެއް މިއަދު އިފްތިތާޙުކޮށްފިއެވެ.
މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް ސީދާ ސަރުކާރަށް ހުށަހެޅޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ޕޯޓަލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ތަޢާރަފުކުރެއްވި ނިޒާމެކެވެ. ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދަވައި، ރައްޔިތުންގެ އަޑު ގާތުން އެއްސެވުމަށް މިފަދަ ޚިދުމަތެއް ފައްޓަވާނެކަން އިޢުލާނުކުރައްވާފައެވެ.
"ސިޓިޒަންސް ވޮއިސް" ގެ ޚިދުމަތް މިވަގުތު ވެބް މެދުވެރިކޮށް ފެށި ނަމަވެސް، ކުރިއަށް އޮތް ތަނުގައި މި ޚިދުމަތަށް ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއްވެސް ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މިހާރުވެސް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް، ކޯލް ސެންޓަރުގެ ޚިދުމަތް ކޮންމެ ވަގުތަކުވެސް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

-01.jpg&w=3840&q=75)
