ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުން މިރޭ ހުޅުމާލެ ސެންޓަރަލް ޕާކްގައި
17 ނޮވެމްބަރު 2026 - 09:02

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޚާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި ޖަލްސާ އޮންނާނީ މިރޭ 8:00ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ޖަލްސާގައި ފާއިތުވި 3 އަހަރު ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަރުކާރުން ކުރިއަށް ރާވާފައިވާ ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހިއްސާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ޕީއެންސީއިން އިންތިޒާމް ކުރާ މި ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕީއެންސީއިން ވަނީ އެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ޑޜ.މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގަތީ 17 ނޮވެމްބަރު 2023 ގައެވެ.
ފާއިތުވި 3 އަހަރުގެ ތެރޭގައި މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބަކީ ނިމިދިޔަ ސަރުކާރުތަކުން ޤައުމު ބަނގުރޫޓު ކޮށްލާފައިވާ އޮތް ހާލަތުން ނަގައި އިޤްތިސާދު ހަމައަކަށް އެޅުވުން ކަމަށް ސަރުކާރުގެ އިސްވެރިންނާއި ޕީއެންސީއެިން ބުނެއެވެ.

-01.jpg&w=3840&q=75)
