ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން ތައާރަފު ނުކުރިނަމަ ރާއްޖެ އޮންނާނީ ބިރުވެރި ހާލަތެއްގައި
17 ނޮވެމްބަރު 2026 - 18:00

ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން ތައާރަފު ނުކުރިނަމަ ދިވެހިރާއްޖެ އޮންނާނީ ބިރުވެރި ހާލަތަކަށް ގޮސްފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ޒުވާނުންގެ ދުޅަހެޔޮކަމާއި ސަރުކާރުން ގެންގުޅޭ ޕްރިވެންޓިވް ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަކީ ގައުމަށްޓަކައި "އަންޕޮޕިއުލާ ޑިސިޝަންސް" ނުވަތަ އާންމުން ނުރުހޭ އަދި ގިނަ ބަޔަކު އެކަމަކާ ދެކޮޅު ހަދާ ފަދަ ނިންމުންތައް ނިންމަވާ ބޭފުޅެއް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އެގޮތުން ރައީސް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާކުރުމަށް މިސަރުކާރުން ނިންމެވި ނިންމެވުމާ ދެކޮޅަށް ރިޒޯޓު އިންޑަސްޓްރީގެ ބޮޑުން ވާހަކަދައްކަވާފައިވާ ކަމަށެވެ. އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާކުރުމަކީ އެކަމުން ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެކަމެއްގެ ގޮތުގައި އެފަދަ ފަރާތްތަކުން މަޝްވަރާދީފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ. ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން އަކީވެސް އަންޕޮޕިއުލާ ޑިސިޝަނެއް ކަމުގައިވެސް ވިދާޅުވި އެވެ.
ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން ތައާރަފް ނުކުރިނަމަ ކަންވެގެންދާނެ ގޮތުގެ މިސާލެއް ޖައްސަވަމުން ރައީސް ވިދާޅުވީ، ވޭޕް މަނާ ނުކުރިނަމަ އެންމެ ތުއްތު ކުއްޖާވެސް ސްކޫލަށް، ޤުރުއާން ކްލާހަށް، ކުޅެން ނޫންނަމަ އެހެންތާކަށް ދިޔަޔަސް ގޮސް ވަދެވޭނީ މުޅިން ނުބައި މާހައުލަކަށް ކަމަށެވެ. ހަމައެގޮތަށް ޖެނެރޭޝަނަލް ބޭންވެސް އަންޕޮޕިއުލާ ކަމަކަށްވިޔަސް، އެކަން ކުރެއްވީ ދުންފަތުގެ އިސްތިއުމާލު ކުރަން ނުފަށާ ކުދިންނަށް އަދި އެކަމަށް ހުށަނޭޅޭ ކުދިންނަށް ކުރީބައިގައި އެކަން މަނާކުރުމަށް ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ މިކަން މަނާކުރި ފުރަތަމަ ގައުމު ކަމަށާއި މިއާއެކުގައި މިހާރު އެހެން ގައުމުތަކުން ރާއްޖެ މިސާލަކަށް ބަލައި، އެކަން އެގޮތަށް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ. ރާއްޖެއިން މިކަންކަމުގައި އެޅި ފިޔަވަޅުތަކާ ގާތަށްވެސް އެހެން ގައުމުތަކުން މިކަންކަމުގައި ފިޔަވަޅު އަޅަން ފަސްޖެހިފައިވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށްވިޔަސް އަޅުގަނޑުމެންގެ ހިތް މާބޮޑު ކަމަށާއި، އިޚުލާސްތެރިކަން ބޮޑު ކަމަށާއި ޤައުމު ދެކެވާ ލޯބިވެސް މާބޮޑު ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަޅުގަނޑުމެން ބޭނުންވަނީ ގައުމަށްޓަކައި، ގައުމުގެ މުސްތަގުބަލަށްޓަކައި ކަންކަން ކުރަން ކަމުގައިވެސް ވިދާޅުވި އެވެ. އަދި މިވަގުތު އެކަންކަމަކީ ބައެއް މީހުންނަށް އެހާ ޕޮޒިޓިވް ނޫނީ ޕޮޕިއުލާ ކަމެއްގެ ގޮތުގައި ޤަބޫލުނުކުރެވުނަސް، އެއީ އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާވާނެ ކަންކަން ކަމުގައިވެސް ރައީސް ސިފަކުރެއްވި އެވެ.

-01.jpg&w=3840&q=75)
