ތަފާތުބޮޑު ނަތީޖާއަކުން ކޮސްޓަރީކާ ބަލިކޮށް އާޖެންޓީނާއިން ފުރިހަމަ މޮޅެއް ހޯދައިފި
18 ނޮވެމްބަރު 2026 - 04:10

ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ކޮސްޓަރީކާއާ ދެކޮޅަށް ކުޅުނު މެޗު 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. ކޯޑޯބާގެ މާރިއޯ އަލްބާޓޯ ކެމްޕެސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާޖެންޓީނާގެ ޒުވާން ތަރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
މެޗުގައި އާޖެންޓީނާގެ ނިކޯ ޕާޒް، ހޫލިއަން އަލްވަރޭޒް އަދި ފްރެންކޯ މަސްތަންތުއޯނޯ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ޕާޒް ލަނޑު ޖަހައި ލީޑު ނަގައިދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލްވަރޭޒްގެ ދެ ލަނޑާއި ޕާޒްގެ އިތުރު ލަނޑަކާއެކު އާޖެންޓީނާއިން ހަތަރު ލަނޑުގެ ލީޑެއް ނެގިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި މަސްތަންތުއޯނޯ ފަސްވަނަ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ހަވަނަ ލަނޑު ޖަހައިދިނީ އެލެކްސިސް މެކް އަލިސްޓާއެވެ. އަދި މެޗު ނިމެން ދަނިކޮށް މަސްތަންތުއޯނޯ ވަނީ އޭނާގެ ދެވަނަ ލަނޑާއެކު މެޗުގެ ނަތީޖާ 7-0 އަށް ބަދަލުކޮށްލާފައެވެ.
މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އާޖެންޓީނާއިން މި ކާމިޔާބީ ހޯދާފައި މިވަނީ އެންމެ ފަހުން އުރުގުއާއީ އަތުން 2-1 އިން ބަލިވެފައި ވަނިކޮށެވެ.

-01.jpg&w=3840&q=75)
