logo
ލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީBank of Maldives

Bank of Maldives

ޚަބަރު

ގުޅިފަޅު ކައިރިން ދެ ލޯންޗު ޖެހި 12 މީހަކަށް އަނިޔާވެއްޖެ

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
25 އޮކްޓޯބަރު 2024 - 16:47
 ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓުގެ ލޯންޗު ފޮޓޯ--/ މެންދުރު އޮންލައިން
ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓުގެ ލޯންޗު ފޮޓޯ--/ މެންދުރު އޮންލައިން

މިރޭ 7:45 ހާއިރު ގުޅީ ފަޅު ކައިރިން 2 ލޯންޗު އެކްސިޑެންޓް ވެ 12 މީހުންނަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިރޭ އެކްސިޑެންޓުވީ ފެރިދޫގައި ދަތުރުފަތުރުގެ ޙިދުމަތް ދެމުން އަންނަ ފެރިދޫ ޓުއާސް ގެ ސެނޯރާ ނަމަކަށް ކިޔާ ލޯންޗަކާއި ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓުގެ ލޯންޗެކެެވެ.

1684b799-f097-40df-956d-2e0c64545d18.jpg

ފެރިދޫ ޓުއާސް ގެ ސެނޯރާ ލޯންޗު-ފޮޓޯ މެންދުރު އޮންލައިން

ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓުގެ ލޯންޗުގައި އެ ހާދިސާ ހިނގިއިރު ހުރި މުވައްޒަފަކު މެންދުރު ޓީވީ އަށް މައުލޫމާތު ދެމުން ބުނީ އަނެއް ލޯންޗު އައީ އެމީހުން ތިބި ލޯންޗުގެ ވާތްފަޅިން ކަމަށާއި އެ ލޯންޗު ފެނުނު އިރު އޮތީ ވަރަށް ކައިރީގައި ކަމަށެވެ. އަދި ފެރިދޫ ޓުއާސް ގެ ލޯންޗު މަސައްކަތް ކޮށްފައިވަނީ އެމީހުންގެ ވާތްފަޅިން ކުރި ކަނޑަން ކަމަށް ވެސް ގްރޭންޑް ޕާކް ކޮށްދިއްޕަރުގެ މުވައްޒަފު ވަނީ ބުނެފައެވެ.

e82bc939-ab89-4c7f-9833-b41f97ad538d.jpg

ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓުގެ ލޯންޗު ފޮޓޯ--/ މެންދުރު އޮންލައިން

މި ހާދިސާގައި ދެ ލޯންޗަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެގޮތުން ފެރިދޫ ޓުއާސްގެ ލޯންުޗުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި ގްރޭންޑް ޕާކް ކޮށްދިއްޕަރުގެ ލޯންޗުގެ ވާތްފަޅިން މެދަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ،

މިހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް ބޮޑު އަނިޔާއެއް ނުވޭޚަބަރު | 2 މަސް ކުރިންލޯންޗަކާއި ޓަގް ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފިޚަބަރު | 10 މަސް ކުރިންޑިންގީއެއްގައި ލޯންޗެއްޖެހި ޑިންގީ ފުނޑުފުނޑު، ފަސް މީހަކަށް އަނިޔާވެ އެކަކުގެ ހާލު ސީރިއަސްޚަބަރު | އަހަރެއް ކުރިންގުޅިފަޅު ކައިރިން ދެ ލޯންޗު ޖެހި 12 މީހަކަށް އަނިޔާވެއްޖެޚަބަރު | އަހަރެއް ކުރިން