logo
Bank of Maldives

Bank of Maldives

ޚަބަރު

ޑިންގީއެއްގައި ލޯންޗެއްޖެހި ޑިންގީ ފުނޑުފުނޑު، ފަސް މީހަކަށް އަނިޔާވެ އެކަކުގެ ހާލު ސީރިއަސް

މުހައްމަދު މޫސާމުހައްމަދު މޫސާ
21 މޭ 2025 - 03:37
ޑިންގީއެއްގައި ލޯންޗެއްޖެހި ޑިންގީ ފުނޑުފުނޑު، ފަސް މީހަކަށް އަނިޔާވެ އެކަކުގެ ހާލު ސީރިއަސް

ފީނަން ނުކުމެ އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 12:33 ހާއިރުގައި ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ ޚިދުމަތުން ދިން މަޢުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓްގައި ޑިންގީގައި ތިބި ފަސް މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވެއެވެ. އޭގެ ތެރެއިން އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. އަނިޔާވި މީހުންނަށް މިހާރު ވަނީ ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އަނިޔާވި ފަސް މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޅ. ގާއެރި ފަޅު ކައިރީގައި ހިނގި މި އެކްސިޑެންޓްގައި ހިމެނޭ ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި މަހުގެ ކުރީކޮޅު ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު މީހެއްގެ ގައިމަތިން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި އެ މީހާގެ އަތް ބުރިވުމުގެ ހިތާމަވެރި ހާދިސާއެއް ވެސް ހިނގާފައިވާކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިޔަވަމުން ދިޔަ ލޯންޗެއްގައި ތިބި އެންމެން ސަލާމަތްކޮށް އަނބުރައި މާލެ ގެނެސްފިޚަބަރު | 5 ގަޑިއިރު ކުރިން ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހާ ފެނުނީ މަރުވެފައި އޮއްވާ!ޚަބަރު | 3 ދުވަސް ކުރިންހުޅުމާލެ ފަޅުތެރެއަށް ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެޚަބަރު | 4 ދުވަސް ކުރިންހުޅުމާލޭ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަނީޚަބަރު | 4 ދުވަސް ކުރިން