logo
MPL

MPL

ޚަބަރު

ލޯންޗަކާއި ޓަގް ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
31 މޭ 2025 - 13:43
ލޯންޗަކާއި ޓަގް ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

 

Ad by Hajj Corporation

Ad by Hajj Corporation

 

މިއަދު ހަވީރު މާލެ ކައިރީގައި ލޯންޗަކާއި ޓަގް ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މެރިން ޕޮލިހުން މަޢުލޫމާތު ދިންގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރުފަހު 15:30 ހާއިރު، މާލެއިން އަރިއަތޮޅު އުތުރުބުރިއަށް ދަތުރުކުރި ލޯންޗަކާއި މާލޭގެ އެމްޕީއެލް ޖެޓީއަށް ވަންނަން ދިޔަ ޓަގް ބޯޓެއް ޖެހިގެންނެވެ.

މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެފައިވާކަމަށާއި، އޭނާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށް މެރިން ޕޮލިހުން ބުންޏެވެ. ނަމަވެސް، މި އެކްސިޑެންޓުގައި އިތުރު އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ވެސް މެރިން ޕޮލިހުން ހާމަކުރިއެވެ.

މި އެކްސިޑެންޓުގައި ލޯންޗަށް ލިބުނު ގެއްލުމުގެ ދެ ފޮޓޯއެއް މެރިން ޕޮލިހުން ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. މި ފޮޓޯތަކުން ފެންނަ ގޮތުގައި ލޯންޗް ޓަގު ބޯޓާ ޖެހުނު ހިސާބުން ބައެއް ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ލޯންޗުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާ މަންޒަރު ވެސް ފެނެއެވެ.

މި މައްސަލައިގެ ތަޙުޤީޤު މެރިން ޕޮލިހުން ކުރިއަށް ގެންދާ ކަމަށް ބުނެފައިވާއިރު، އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަން ރުފިޔާ ހޯދައިދީ، 17 މީހަކު ހައްޔަރުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންއިމާރާތްތަކުގައި ހުޅުޖަހައި ލޫޓުވަން ގޮވާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންފުވައްމުލައް ކައިރިން މުދާ އުފުލާ ދޯންޏެއް ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިޚަބަރު | ދުވަހެއް ކުރިންގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކި އިންޑިއާ އަދި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން