ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަޙުމަދު ރަމީޒު
21 ނޮވެމްބަރު 2026 - 07:39

ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ހުޅުވާލައިފި އެވެ.
ޔޫތު މިނިސްޓްރީން ބުނީ 2025 އިން 2026 އަށް ޒުވާނުންގެ އިނާމުގެ ގޮތުގައި ތަފާތު 22 ދާއިރާއަކުން އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އިނާމު ދޭ ދާއިރާތައް
- ވިޔަފާރި އާއި އިގުތިސާދު
- ކްރިއޭޓިވް އިކޮނޮމީ (ޓެކްނޮލިޖީ އަދި ޑިޖިޓަލައިޒޭޝަން) ދާއިރާ
- އާޓްސް އެންޑް ކަލްޗާ (ފަންނުވެރިކަމާއި ސަގާފަތް ދިރުވުމުގެ ދާއިރާ)
- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ
- ހުނަރުވެރި މަސައްކަތް ދަސްކޮށް ދިނުމުގެ ދާއިރާ (ވޮކޭޝަނަލް ޓްރެއިނިންް)
- ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާ
- ތިމާވެށީގެ ދާއިރާ
- މިންތީގެ ހަމަހަމަކަމަށް މަސައްކަތް ކުރުމުގެ ދާއިރާ
- ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާ
- ދިވެހި ބަސް ދިރުވާ އާލާ ކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާ
- ދިރާސާކުރުން އަދި އާ އުފެއްދުންތަކުގެ ދާއިރާ
- ފަތުރުވެރިކަމުގެ ދާއިރާ
- ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ ދާއިރާ
- ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ދާއިރާ
- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާ
- ދީނީ ދާއިރާ
- ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ދާއިރާ
- ދަރުމަވެރިކަމުގެ ދާއިރާ
- މަސްވެރިކަމުގެ ދާއިރާ
- ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާ
- ދަނޑުވެރިކަމުގެ ދާއިރާ
- ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
ޒުވާނުންގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ އޮކްޓޫބަރު 22 ވަނަ ދުވަހެވެ. ޒުވާނުންގެ އިނާމު ދޭ ޖަލްސާގައި އެވޯޑް ލިބޭ ފަރާތްތަކަށް ހާއްސަ އެވޯޑާއި ސެޓްފިކެޓެއް ދޭނެ އެވެ.
މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިއަށް އޮތް ޑިސެމްބަރު 31 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އެކަމަށް އެދޭ ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

-01.jpg&w=3840&q=75)
