logo
MPL

MPL

ޚަބަރު

ދިވެހި ހުރިހާ އެތުލީޓުންނަށް ހަމަހަމަކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު:ރާފިއު

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
21 ނޮވެމްބަރު 2026 - 08:16
ދިވެހި ހުރިހާ އެތުލީޓުންނަށް ހަމަހަމަކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު:ރާފިއު

ކުޅިވަރުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ދިވެހި ހުރިހާ އެތުލީޓުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބި، ކުޅިވަރުގެ ދާއިރާގައި ރަނގަޅު މާހައުލެއް ބިނާކުރެވިގެންދާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މިބަދަލުތަކާ ގުޅޭގޮތުން މެންދުރު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަޒީރު ރާފިއު ވަނީ، ކުޅިވަރުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ކަށަވަރުކޮށްދިނުމަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ އެތުލީޓުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާފިއު ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި އެންމެންގެ ޝާމިލުވުން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ތަޞައްވުރެއް ކަމަށް،

 މި ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ މިހާރު ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް މިންގަނޑުތަކެއްގެ ދަށަށް ގެނެވިފައެވެ. މިއީ ޕެރަލިމްޕިކް އެތުލީޓުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މީގެއިތުރުން، ވޯލްޑް އެންޓި-ޑޯޕިން އެޖެންސީ (ވާޑާ(ގެ ކޯޑާ އެއްގޮތަށް ރާއްޖޭގެ ކުޅިވަރުގެ ނިޒާމު ބައްޓަންކުރުމުގެ މުހިއްމުކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.ވަޒީރު ވިދާޅުވީ ޑޯޕިންއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ މިންގަނޑުތައް ތަންފީޒު ކުރުމަކީ ދިވެހި ކުޅިވަރުގެ އިތުބާރު ބޮޑުވެ، ބައިނަލްއަޤްވާމީ ވާދަވެރިންނާ އެއް ހަމައެއްގައި ދިވެހި އެތުލީޓުންނަށް ވާދަކުރުމުގެ މަގު ފަހިވެގެންދާނެ ކަމެއް ކަމަށެވެ.

ކުޅިވަރުގެ ގާނޫނަށް ގެނެވުނު އިޞްލާޙުތަކަކީ، އެހެން ޤައުމުތަކުގެ އެތުލީޓުންނަށް ލިބޭ ފަދަ ފުރުޞަތުތަކެއް ދިވެހި އެތުލީޓުންނަށް ވެސް ލިބިގެންދާނެކަން ކަށަވަރުކުރުމަށާއި، އިންޞާފުވެރިކަމާއެކު ވާދަވެރިކަމެއް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ރާފިއު އިތުރަށް ވިދާޅުވީ ހަމައެކަނި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ އެތުލީޓުންނަށް ފުރުސަތުތައް ހަނިކުރުމުގެ ބަދަލުގައި، ކުޅިވަރު ތަރައްގީކުރުމުގެ ކަންކަން އެއް އަމާޒަކަށް ގެނެސް، ހުރިހާ އަތޮޅެއްގައިވެސް އެތުލީޓުންނަށް ޤައުމީ ކުޅިވަރުގެ އޮނިގަނޑުގެ ތެރެއިން ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ހުރިހާ އެތުލީޓުންނަށް ހަމަހަމަކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު:ރާފިއުޚަބަރު | 3 ގަޑިއިރު ކުރިންހުޅުމާލޭގައި އަލަށް ޤާއިމުކުރާ ޒަމާނީ ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 2 ދުވަސް ކުރިންހުޅުމާލޭގައި އަލަށް ގާއިމުކުރާ ޒަމާނީ ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 6 ދުވަސް ކުރިންއެންމެ މަތިން ޕޮއިންޓް ހޯދައި، 14 އަހަރުގެ ޔަލްވީ އަނެއްކާވެސް ގައުމީ ބެޑްމިންޓަން ޓީމަށްޚަބަރު | މަހެއް ކުރިން