logo
MPL

MPL

ކުޅިވަރު

27 އަހަރުފަހުން ލީޑްސް އިން ޗެސްލީ ދަނޑުގައި އެޓީމު ބަލިކޮށްފި

އަބްދުﷲ ޣާނިމް
22 ނޮވެމްބަރު 2026 - 03:03
27 އަހަރުފަހުން ލީޑްސް އިން ޗެސްލީ ދަނޑުގައި އެތީމު ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް، 1999 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސްޓެމްފޯޑް ބްރިޖުގައި ލީޑްސް ޔުނައިޓެޑުން ފުރިހަމަ މޮޅެއް ހޯދައިފިއެވެ. މިއީ ލީގުގައި ޗެލްސީ އަމިއްލަ ދަނޑުގައި ވީ 100 ވަނަ ބައްޔެވެ.

މެޗުގެ 25 ވަނަ މިނެޓުގައި މޯގަން ރޮޖާސް ދިން ބޯޅައަކުން އިމެނުއަލް އެމޭގާ ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ނޯއާ އޮކަފޯ ލަނޑެއް ޖަހައި ލީޑްސްއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޑޮމިނިކް ކަލްވަޓް-ލެވިން ލީޑްސްއަށް ކުރިހޯދައިދިންއިރު، 58 ވަނަ މިނެޓުގައި އޮކަފޯ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. އަދި މެޗު ނިމެން ކައިރިވެފައި ވަނިކޮށް ބަދަލު ކުޅުންތެރިޔާ ބްރެންޑަން އާރޮންސަން ވަނީ ލީޑްސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއެކު ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅޭ ޗެލްސީއަށް އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައިވާއިރު، ޑެނިއަލް ފާކާގެ ލީޑްސް އިން ވަނީ މި ސީޒަނުގެ އެންމެ މޮޅު އެއް ކުޅުން ދައްކައި މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

27 އަހަރުފަހުން ލީޑްސް އިން ޗެސްލީ ދަނޑުގައި އެތީމު ބަލިކޮށްފިކުޅިވަރު | 17 މިނިޓު ކުރިންޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް ބާރު ސްޕީޑުގައި ދުއްވި ފެރާރީ ކާރު އެކްސިޑެންޓްވެ ސަލާމަތްވެއްޖެކުޅިވަރު | 10 ދުވަސް ކުރިންޔުނައިޓެޑުން 38 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ކުޅުނު ނުވަމެޗުން މޮޅުނުވެ، ލަދުވެތި ރެކޯޑެއް ޤާއިމުކޮށްފިކުޅިވަރު | 22 ދުވަސް ކުރިންޕެނަލްޓީ ޖަހައިގެން ޗެލްސީ ކަޓުވާލުމަށްފަހު ލިވަޕޫލް ކަރަބައޯ ކަޕްގެ ކުއާޓާ ފައިނަލަށްކުޅިވަރު | 24 ދުވަސް ކުރިން