logo
MPL

MPL

ކުޅިވަރު

އާސެނަލްއިން ނިއުކާސަލްއާ އެއްވަރުކޮށް ތާވަލުގެ ކުރީގައި ހަމަޖެހިލައިފި

އަބްދުﷲ ޣާނިމް
22 ނޮވެމްބަރު 2026 - 03:06
އާސެނަލްއިން ނިއުކާސަލްއާ އެއްވަރުކޮށް ތާވަލުގެ ކުރީގައި ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް ބަލިނުވެ ސަލާމަތްވެއްޖެއެވެ. ސެއިންޓް ޖޭމްސް ޕާކުގައި ކުޅުނު މި މެޗުގައި އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާއަށް އަނިޔާވެގެން ދަނޑުން ބާލަން ޖެހުނެވެ.

ފުރަތަމަ ހާފުގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، 33 ވަނަ މިނެޓުގައި އެބެރެޗީ އެޒޭ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި ވަރުގަދަކޮށް ނުކުމެ ނިއުކާސަލްއިން ވަނީ ކުޅުން ބަދަލުކޮށްލާފައެވެ. އެގޮތުން ހާފު ފެށުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހާވީ ބާންސް ނިއުކާސަލްއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު، މާލިކް ތިއާވް ވަނީ އެ ޓީމަށް ލީޑު ހޯދައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 78 ވަނަ މިނެޓުގައި ނޯނީ މަޑުއޭކޭ ކާމިޔާބުކުރި ލަނޑާއެކު އާސެނަލްއިން ވަނީ މުހިންމު ޕޮއިންޓެއް ހޯދާފައެވެ. މިއީ ލީގުގައި ވޭތުވެދިޔަ 21 މެޗަށްފަހު އާސެނަލް އެއްވަރުވި ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާސެނަލްއިން ނިއުކާސަލްއާ އެއްވަރުކޮށް ތާވަލުގެ ކުރީގައި ހަމަޖެހިލައިފިކުޅިވަރު | 14 މިނިޓު ކުރިންޑެކްލަން ރައިސް އާސެނަލްގެ އެއްބަސްވުން އާކުރަން ނިންމައިފިކުޅިވަރު | 5 ދުވަސް ކުރިންޗެންޕިއަން އާސެނަލް އުނދަގޫ މޮޅެއް ހޯދައި އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 14 ދުވަސް ކުރިންގެޔޯޜކެރޭސް އަނެއްކާވެސް މާސްކު އަޅަން ފަށައިފި، މިއީ އެހެން ކުލަބުތަކަށް ހުރި ބިރެއްކުޅިވަރު | 17 ދުވަސް ކުރިން