އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތައް ކުރިއަށް ދާއިރު މާލެތެރޭ ސައިރަންގެ އަޑު ގަދަވާނެ
އައިޝަތު ނަޝާ
22 ނޮވެމްބަރު 2026 - 05:21

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބާއްވާ “އެކްސަސައިޒް ޖައްރާފާ-2026” ފަށައިފިއެވެ.
މި ތަމްރީންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 22 ނޮވެމްބަރުން ފެށިގެން 24 ގެ ނިޔަލަށްށެވެ. މި ތަމްރީންތައް ކުރިއަށްދާނީ މާލެ،ހުޅުމާލެ،ތިލަފުށި، އަދި ކްރޮސްރޯޑް ގައި އެއްގަމާއި،ކަނޑުގެ ސަރަހައްދުގައެވެ.
.png&w=750&q=75)
Ad by Hajj Corporation
އެމްއެންޑީއެފްއިން ބުނީ މިތަމްރީނުތައް ކުރިއަށްދާ ވަގުތު ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ވެހިކަލްތައް ސައިރަން އަދި ބީކަން އާއެކު ބާރު ސްޕީޑްގައި ގްރޭޓާ މާލެ ސަރަހައްދުގައި ދަތުރުކުރާނެ ކަމަށްށެވެ.
"އެކްސަސައިޒް ޖައްރާފާ 2026"އަކީ ކުއްލި ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ފަރިތަކޮށް، ތައްޔާރީ ހާލަތު އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ތަމްރީނެކެވެ.

-01.jpg&w=3840&q=75)
