ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ބައިނަލްއަޤްވާމީ ބާޒާރުތައް 11 ގައުމަކަށް ފުޅާކޮށްފި
22 ނޮވެމްބަރު 2026 - 09:56

ރާއްޖެއިން ބޭރުން ކާބޯތަކެތި އެތެރެކުރުމުގެ ގުޅުންތައް 11 ބާޒާރަކަށް ފުޅާކޮށްފައިވާ ކަމަަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އަސާސީ މުދާ މެދުކެނޑުމެއްނެތި، އިތުބާރުކަމާއެކު ލިބޭނެ މަގު ފަހިކުރުމަށްޓަކައި ތުރުކީ، ޕާކިސްތާން، އިންޑިއާ، ޗައިނާ، ވިއެޓްނާމް، ހައިނާން، ތައިލެންޑް، ސްރީލަންކާ، މެލޭޝިއާ، ސިންގަޕޫރު އަދި އިންޑޮނޭޝިއާއާއެކު ރާއްޖެއިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އެ މިނިސްޓްރީން ބުނީ ކާބޯތަކެތި އެތެރެކުރާ ބައިނަލްއަޤްވާމީ ފަރާތްތައް އިތުރުކޮށް ސިންދަފާތުކުރުމަކީ، މުދާ ސަޕްލައިކުރުމުގެ ޗޭނަށް ކުރިމަތިވެދާނެ ނާޒުކު ހާލަތްތައް ކުޑަކުރުމަށާއި، ދުނިޔޭގެ ބާޒާރުގައި ސަޕްލައިއަށް ބުރޫއަރާ ދަނޑިވަޅުތަކުގައިވެސް އަސާސީ މުދާ ލިބުމުގެ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.
އަސާސީ މުދަލުގެ ލިސްޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް ފުޅާކޮށްފައެވެ. އެގޮތުން 1965 ވަނަ އަހަރުން ފެށިގެން އެންމެ ތިން ބާވަތެއް ހިމެނުނު މި ލިސްޓު، ސެޕްޓެމްބަރު 2025 ގައި 26 ބާވަތަށް އިތުރުކޮށް، އޮގަސްޓް 2026 އާ ހަމައަށް އައިއިރު ވަނީ 80 ބާވަތަށް ފުޅާކޮށްފަ އެވެ.
އަދި ގޭބިސީތަކަށް ބޭނުންވާ 160 އަށް ވުރެ ގިނަ ކާބޯތަކެއްޗާއި މުދަލުގެ އަގުތައް ކޮންމެ ދުވަހަކު މޮނިޓަރ ކުރަމުންދާ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަސާސީ ތަކެތި ފޯރުކޮށްދިނުމުގައި އެސްޓީއޯގެ 12 ފިހާރައެއް ހަރަކާތްތެރިވަމުންދާ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރެ އެވެ.

-01.jpg&w=3840&q=75)
