ރާއްޖޭގައި މާލީ ސެންޓަރު ގާއިމް ކުރުމަށް ގަތަރާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި


12 ނޮވެމްބަރު 2024 - 06:35
ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ މާލީ މަރުކަޒު ނުވަތަ ފައިނޭންޝަލް ސެންޓަރ ގާއިމް ކުރުމަށް ގަތަރު ފައިނޭންޝަލް ސެންޓަރާއެކު އިކޮނޮމިކް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރާއްޖޭގައި މާލީ މަރުކަޒެއް ގާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ގަތަރު ފައިނޭންޝަލް ސެންޓަރާއި އިކޮނޮމިކް މިނިސްޓްރީ އާއި ދެމެދު ސޮއިކުރި އެއްބަސްވުމުގައި ދުނިޔޭގެ ފެންވަރުގެ މާލީ މަރުކަޒެއް ގާއިމް ކުރެވިގެންދާނެ އެވެ. މިއެއްބަސްވުމުގެ ދަށުން މާލީ މަރުކަޒަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޤަތަރު ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން މާލީ މަރުކަޒު ގާއިމް ކުރުމާއި އެ މަރުކަޒަށް ބޭނުންވާ މައުލޫމާތާއި ކެޕޭސިޓީ ބިނާކުރަން މަގުފަހިވާނެ ކަމަށެވެ. އަދި ދުނިޔެގެ ކުރިއަރާފައިވާ ގައުމުތަކުގައި ފައިނޭންޝަލް މެނޭޖްމަންޓާ ގުޅޭ ކަންކަން ކުރަމުން އަންނަ ގޮތާއި މިކަމާ ބެހޭ ގާނޫނީ އޮނިގަނޑާއި އޮޕަރޭޝަނަލް ސްޓްރެޓަޖީތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ފައިނޭންޝަލް ސެންޓަރެއް ރާއްޖޭގައި ގާއިމު ކުރުމަށް ބޭނުންވާ ފައިނޭންޝަލް މެނޭޖުމެންޓުގެ ބެސްޓު ޕްރެކްޓިސް އާ ބެހޭ މައުލޫމާތާއި ރެގިއުލޭޓަރީ ފްރޭމްވޯކުގެ އިތުރުން އޮޕަރޭޝަނަލް ސްޓެރެޓެޖީސް އާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ހާއްސަ ސެޝަންތައް ކިއުއެފްއެސް އިން ކުރިއަށް ގެންދާނެ ކަމަށެވެ.
މާލީ މުއައްސަސާތަކާއެކު ގުޅުން ގާއިމްކޮށް އިގްތިސޯދީ ވިއުގަ ބިނާކުރުމުގައި ގަތަރު ފައިނޭންސް ސެންޓަރުން އެހީތެރިވާނެ ކަމަށެވެ. އެއީ ރާއްޖޭގެ މާލީ މަރުކަޒު ގާއިމުވެގެން އަންނައިރަށް ބޭނުންވާ ކޮންޓެކްޓުތައް އުފެއްދުމަށް މުހިއްމު ކަމެއް ކަމުގައިވެސް މިނިސްޓްރީން ބުނެއެވެ. އަދި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާއި ކަމާ ގުޅުންހުރި ފަރާތްތަކާއި އެ ދާއިރާގެ މާހިރުންނާއި ރާއްޖެ ގުޅުވައިދީ އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް އެ މިނިސްޓަރީން ބުނެއެވެ.
އިތުރު ލިޔުންތައް

New Foreign Investment Bill to Replace 45-Year-Old Law
8 މަސް ކުރިން
Government Proposes Full Access to PayPal for Maldives, Agreement Expected Soon
8 މަސް ކުރިން
Maldives Launches First Phase of National Single Window Project
7 މަސް ކުރިން