އިންޑިއާގެ އައި.ސީ.ސީ.އާރު ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ހީރާޕަންނާ ބޭންޑަށް
23 ނޮވެމްބަރު 2026 - 06:02

އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރު) އެނުއަލް ކަލްޗަރަލް ފެސްޓިވަލް 2026 ގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ރާއްޖޭގެ ޒުވާން މިއުޒިކް ބޭންޑް، "ހީރާޕަންނާ" ހަމަޖެހިއްޖެއެވެ.
ހަތަރު މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޭންޑާއި އެ ބޭންޑުގެ ޓީމު މި ފެސްޓިވަލްގައި ތަމްސީލުކުރުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ 23 ނޮވެމްބަރު 2026 ގައެވެ. މި ދަތުރުގައި އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ބާއްވާ ސަގާފީ ބޮޑެތި އިވެންޓުތަކެއްގައި އެ ބޭންޑުން ޕާފޯމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ދަތުރަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ދަށުން ހިންގާ އައި.ސީ.ސީ.އާރުގެ ދައުވަތަކަށް، ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުގެ އިންޑިއަން ކަލްޗަރަލް ސެންޓަރުން މަގުފަހިކޮށްދީގެން ކުރިއަށްގެންދާ ދަތުރެކެވެ.
މިދަތުރުގެ ތެރެއިން ހީރާޕަންނާ ބޭންޑުން ލަކްނައު ގައި ބާއްވާ ޓްރައިބަލް ފެސްޓިވަލްގަޔާއި، ބަލިއާތުރާ ކަޓަކް ގައި ބާއްވާ އަދި ރަން އުތްސަވްގައި ކަޗް ގަ ބާއްވާ ޕާފޯމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރު ނިންމާލުމުގެ ގޮތުން ނިއުދިއްލީގައި ހުށަހަޅައިދޭ ޕާފޯމަންސަށްފަހު، އެ ބޭންޑު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 6 ޑިސެމްބަރުގައެވެ.
"އަސާސީ ކިލާސް" ޕްލެޓްފޯމުން އުފެދިގެން އައި ހީރާޕަންނާއަކީ، މިއުޒިކީ ދާއިރާއިން ކުރިއަށް ގޮސް، ދިވެހި މިއުޒިކް ފުޅާ ދާއިރާއެއްގައި އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ޒުވާން ދިވެހި މިއުޒީޝަނުންގެ ޖީލަށް ނިސްބަތްވާ ބޭންޑެކެވެ.
މި ބޭންޑުން ވަނީ މީގެ ކުރިން ރާއްޖޭގެ އެކި ހަރަކާތްތަކުގައި ޕާފޯމްކޮށްފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް އެކްސްޕޯ، ބީ.އެމް.އެލް ކާނިވާ، ޔޫތު ހަބް، ދިރާގު ރޯޑް ރޭސް އަދި އަސާސީ ކިލާސް ހިމެނެއެވެ.
އިންޑިއާގައި ދައްކުވައިދޭ ޕާފޯމަންސްތަކުގައި އެ ބޭންޑުން ހުށަހަޅައިދޭނީ ދިވެހި ސަގާފީ މިއުޒިކާއި މި ޒަމާނުގެ އަޑުތައް އެކުލެވޭ ފުރިހަމަ ހުށަހެޅުންތަކެކެވެ.
ހީރާޕަންނާގެ އަމާޒަކީ ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދިވެހި މިއުޒިކާއި ސަގާފަތް އިޝްތިހާރުކޮށް، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސަގާފީ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

-01.jpg&w=3840&q=75)
