logo
MPL

MPL

ކުޅިވަރު

ޔޯކެރެސްގެ ލަނޑާއެކު ވެސް އާސެނަލް އަށް ޑޯޓުމަންޑް ކައިރިން ސަލާމަތް ނުވެވުނު

އަބްދުﷲ ޣާނިމް
25 ނޮވެމްބަރު 2026 - 03:12
ޔޯކެރެސްގެ ލަނޑާއެކު ވެސް އާސެނަލް އަށް ޑޯޓުމަންޑް ކައިރިން ސަލާމަތް ނުވެވުނު

ޔުއެފާ ޗެމްޕިއަންސް ލީގުގައި އާސެނަލުން ފުރުސަތުތައް ބޭކާރުކުރުމުގެ ފައިދާ ނަގައި، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑުން 1-1 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފިއެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އާސެނަލަށް ކުރިހޯދައިދިނީ ވިކްޓަ ޔޯކެރެސް ޖެހި ހިތްގައިމު ލަނޑުންނެވެ. ނަމަވެސް، ދެވަނަ ހާފުގައި ޑޯޓްމުންޑުގެ މެކްސިމިލިއަން ބެއިއާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 75 ވަނަ މިނެޓުގައި އާސެނަލް މޮޅުކޮށްދޭން ޔޯކެރެސްއަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް، މާޓިން އޮޑެގާޑް ހުރަސްކޮށްދިން ބޯޅަ އޭނާ ފޮނުވާލީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގައި އާސެނަލުން 30 ހަމަލާ އުފެއްދި ނަމަވެސް، ލަނޑު ޖެހުމުގައި ހުރި މައްސަލަތަކުގެ ސަބަބުން މޮޅުވާން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. މެޗުގެ ފަހުކޮޅު ޑެކްލަން ރައިސް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައެވެ.

މި މެޗުން އެއްވަރުވި ނަމަވެސް، އާސެނަލް ވަނީ ޗެމްޕިއަންސް ލީގުގައި 90 މިނެޓުތެރޭގައި ބަލިނުވެ ވިދިވިދިގެން 20 މެޗު ހަމަކޮށް، މި މުބާރާތުގައި އެ ރެކޯޑް ހެދި އިނގިރޭސި ތިންވަނަ ޓީމުގެ ޝަރަފު ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޯކެރެސްގެ ލަނޑާއެކު ވެސް އާސެނަލް އަށް ޑޯޓުމަންޑް ކައިރިން ސަލާމަތް ނުވެވުނުކުޅިވަރު | 38 މިނިޓު ކުރިންއާސެނަލްއިން ނިއުކާސަލްއާ އެއްވަރުކޮށް ތާވަލުގެ ކުރީގައި ހަމަޖެހިލައިފިކުޅިވަރު | 3 ދުވަސް ކުރިންޑެކްލަން ރައިސް އާސެނަލްގެ އެއްބަސްވުން އާކުރަން ނިންމައިފިކުޅިވަރު | 8 ދުވަސް ކުރިންޗެންޕިއަން އާސެނަލް އުނދަގޫ މޮޅެއް ހޯދައި އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 17 ދުވަސް ކުރިން